16 ޖެނުއަރީ 2025 - 14:47

ވ. ފުލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފު މިއަދު ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނުގައި ބުނީ ޝީރީނާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލައެއް ސާބިތުވެފައިވާތީ، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 15 ދުވަހުގެ މުއްދަތަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަފްސީލް ނުދީ ޖޭއެސްސީން ބުނީ ޝީރީންގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށެވެ.
ފަނޑިޔާރުންނާ މެދު ސުލޫކީ ފިޔަވަޅުތައް އަޅާއިރު، އެ މައްސަލައެއްގެ މައުލޫމާތު ޖޭއެސްސީން މިހާރު އާންމެއް ނުކުރެ އެވެ.