އުރީދޫ ކަލަންޑަރުން ފޫޅުދިގު ހަންޑިއާ ވެސް ޗެޓްކޮށްލެވޭނެ
އުރީދޫ ކަލަންޑަރުން ފޫޅުދިގު ހަންޑިއާ ވެސް ޗެޓްކޮށްލެވޭނެ

ކުޑައިރު ފޫޅުދިގު ހަންޑީގެ ވާހަކަ ކިޔަމުން މިހާ ހިސާބަށް އައި އިރު ވެސް އެއާ ބައްދަލުވެ އޭރު އެ ވީ ކަމެއްގެ ވާހަކަ އަހާލެވޭނެޔޭ އެކަކު ވެސް ހިތަކަށް ނާރާނެ އެވެ. ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެކު އުފަންވި އޭއައިގެ ދުނިޔެއަށް ވަދެ އުރީދޫން ޑިޒައިންކުރި ކަލަންޑަރުން މި ދެނީ އެ ފުރުސަތެވެ.

އުރީދޫ ކަލަންޑަރުން ފޫޅުދިގު ހަންޑިއާ ވެސް ޗެޓްކޮށްލެވޭނެ
އުރީދޫ ކަލަންޑަރުން ފޫޅުދިގު ހަންޑިއާ ވެސް ޗެޓްކޮށްލެވޭނެ

އެ ކަލަންޑަރުގައި އިން ކޯޑު ސްކޭންކޮށް ފޫޅުދިގު ހަންޑިއާ އެކު ޗެޓު މި ފެށީ ޗެޓެކެވެ. އެންމެ ފުރަތަމަ ވެސް އެހީ ފޫޅަށް ވީ ގޮތުގެ ވާހަކަ އެވެ.

އުރީދޫ ކަލަންޑަރުން ފޫޅުދިގު ހަންޑިއާ ވެސް ޗެޓްކޮށްލެވޭނެ
އުރީދޫ ކަލަންޑަރުން ފޫޅުދިގު ހަންޑިއާ ވެސް ޗެޓްކޮށްލެވޭނެ

"ހަސަންތަކުރު އަހަރެންގެ ފޫޅު ބުރި ކޮށްލީ. އެކަމާ ވަރަށް ދެރަވެފައި މި ހުރީ. ފޫޅުވީތަނެއް ވެސް އަހަންނަކަށް ނޭނގެ."

އޭނާގެ ޖަވާބަކީ މިއީ އެވެ.

މިވީ ތަފާތު, މަޖާ ޖަވާބަކަށެވެ. ފޫޅުދިގު ހަންޑިއާ ޗެޓުކުރި ވަރަކަށް މީހުން ބިރުގަންނަވަން އުޅޭ ވާހަކަ އާއި ކަށްބޮލަށް ވެލިފުރާ ވާހަކަ ވެސް ކިޔައިދީފި އެވެ.

މި ކެރެކްޓާތައް ޑިވަލޮޕްކުރުމުގައި ހަގީގަތުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެ ޗެޓަށް ހޭދަވި ކުޑައިރުކޮޅުގެ ތެރޭގައި ވެސް އެނގުނެވެ.

"މިއަހަރުގެ ކަލަންޑަރު ޑިވަލޮޕްކުރަން ހަ މަހެއްހާ ދުވަސް ހޭދަވި. އެއިން ތިން މަހަކީ ކެރެކްޓާތައް ދިރާސާކުރަން ހޭދަވި ތިން މަސް،" އެ ކަލަންޑަރާ ގުޅޭ ގޮތުން "މިހާރު" އަށް ވާހަކަ ދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހަސަން ނިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކެރެކްޓާތަކުގެ ރިސާޗުގައި ނާޖީ ދީދީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ. އަދި ކޮންމެ ކެރެކްޓާއަކާ ޗެޓު ކުރެވޭނެ ފީޗާ ހަދާފައި ވާނީ އެ ރިސާޗަށް ބިނާކޮށް, އެ ކެރެކްޓާއެއްގައި ހިމެނޭ ސިފަތައް ވާހަކަ ދައްކާއިރު އެނގެން ހުންނާނެ ގޮތަށް ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އެ ކުންފުންޏަކީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ސަގާފަތާއި ރާއްޖޭއާ ގުޅުން ހުރި އެކި ކަންތައްތައް ދިރުވުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނިން ނެރޭ ކަލަންޑަރުތަކަކީ އެ މަގުސަދު ހާސިލްވާ ގޮތަށް ފަރުމާކުރަމުން އަންނަ ކަލަންޑަރުތަކެއް ކަމަށާއި އަމާޒަކީ ތަފާތު ގޮތަކަށް ދިވެހި ސަގާފަތާއި ރާއްޖޭގެ އެކި ކަންތައްތައް ދަސްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

"މި ކަލަންޑަރުން ކުރިއަށް އޮތް ޖެނެރޭޝަނަށް ރާއްޖޭގެ ފޯކްލޯތައް ފޯރުކޮށްދެވިގެން ދާނެ ކަމަށް އުއްމީދު ކުރަނީ،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫގެ ކަލަންޑަރުގައި ކޮންމެ މަހަކު އާ ކެރެކްޓާއެއްގެ އިލަސްޓްރޭޝަން ހިމެނެ އެވެ. ކޮންމެ މަހަކު ވެސް ޗެޓްކުރުމުގެ ފުރުސަތު ލިބޭނީ އެ މަހަކަށް ހާއްސަކޮށް އިލުސްޓްރޭޓުކޮށްފައިވާ ކެރެކްޓަރަކަށެވެ.

ނިޔާޒް ވިދާޅުވީ ކޮންމެ ކެރެކްޓާއެއް ވެސް އޭއައި ޖެނެރޭޓުކޮށްފައިވާއިރު, ކޮންމެ ކެރެކްޓާއެއްގެ ކޮންމެ ބައެއް ވެސް ވާނީ ވަކިވަކިން ޖެނެރޭޓުކޮށްފައި ކަމަށެވެ. އަދި ކެރެކްޓާ ޖެނެރޭޓުކުރުމުގައި ދިވެހިންނާ ވައްތަރު ވާނެ ގޮތަށް ފަރުމާކުރުމާއި ވާހަކަތަކުގައި ކިޔައިދީފައިވާ ސިފަތައް ހިމެނުމަށް އިސްކަންދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ މި ކެރެކްޓާތަކުގެ އަސްލާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް މި ކެރެކްޓާތައް ޑިވެލޮޕްކުރުމުގެ މަސައްކަތް ހަވާލުކުރީ ދިވެހި ކުންފުނި ލޫޕްކްރާފްޓަށް ކަމަށެވެ.

"އަޅުގަނޑުމެން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކުގައި ޓެކްނޮލޮޖީ ހިމަނައިގެން ހިންގާ މިފަދަ ޕްރޮޖެކްޓުތަކުގައި ދިވެހިންނަށް ފުރުސަތު ދޭން މަސައްކަތް ކުރަން. އެއީ އަޅުގަނޑުމެން ބޭނުންވާ ޓެކްނޮލޮޖީގެ ކުރިއެރުން ދިވެހިންނަށް ލިބޭނީ ދިވެހި ކުންފުނިތަކަށް ފުރުސަތު ދީގެން ކަމަށް ގަބޫލުކުރެވޭތީ." ނިޔާޒް ވިދާޅުވި އެވެ.

އުރީދޫން ނެރުނު ކަލަންޑަރުގެ ކެރެކްޓާތަކާ ޗެޓުކުރެވޭނީ އޭގައި ހިމެނޭ އެންއެފްސީގައި ފޯނު ޖައްސައިގެން ނުވަތަ ސްކޭންކޮށްގެން ލިބޭ ލިންކަށް ވަދެގެންނެވެ. ކޮންމެ މަހަކު ވެސް އާ ކެރެކްޓާއަކާ ޗެޓްކުރެވޭނެ އެވެ. އެ ކަލަންޑަރުން އަދި ޗެޓު ކުރެވޭނީ ފޫޅުދިގު ހަންޑި އާއި ހަންޑިގަނޑުވަރު ދޮންކަމަނައާ އެކަންޏެވެ. މި އަހަރު ނިމޭއިރު މި ކަލަންޑަރު މެދުވެރިކޮށް ޖުމްލަ 12 ކެރެކްޓާއަކާ ޗެޓުކުރެވޭނެ އެވެ.

ކޮންމެ ކެރެކްޓާއަކާ އެކު ކުރާ ޗެޓަކީ ކޮންމެ 24 ގަޑިއިރަކުން ރީސެޓު ވާނެ ޗެޓެކެވެ. އެހެންވެ, އެއް ސުވާލު ތަކުރާރު ކުރިއަސް ލިބޭ ޖަވާބުތައް ތަފާތު ވާނެ އެވެ. އަދި އޭއައިއަށް ވުމުން ކެރެކްޓާއާ ޗެޓުކުރާ ވަރަކަށް އިތުރަށް ކެރެކްޓާތައް ޑިވެލޮޕްވެ, ޗެޓްކުރާ މީހާ ވެސް ދަސްކުރާނެ އެވެ.

މިއީ ފޯކްލޯރުތައް ދަސްކޮށް، އެ ކެރެކްޓާތަކާ އެކު ވަގުތު ހޭދަކޮށްލަން މަޖާ ފުރުސަތަކަށް ވާނެ އެވެ.