ރޯދަ މަހަށް ތައްޔާރުވާން ދިރާގުން "ރޯދަ ރެޑީ" ޕްރޮމޯޝަން
ރޯދަ މަހަށް ތައްޔާރުވާން ދިރާގުން "ރޯދަ ރެޑީ" ޕްރޮމޯޝަން

ދިރާގުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން "ރޯދަ ރެޑީ"ގެ ނަމުގައި ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގުން "ރޯދަ ރެޑީ"ގެ ދަށުން ތައާރަފް ކޮށްފައި ވަނީ ހިލޭ އުމްރާ ދަތުރު ލިބޭ އޮފާ އާއި މިދިޔަ އަހަރު ތައާރަފްކުރި އެއް މިނެޓުގެ ޝޮޕިން ސްޕްރީއެއް ލިބޭ އޮފާ އެކެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ދޭ އުމްރާ ދަތުރަކީ އަންނަ ޖުލައި މަހުގެ 22 ވަނަ ދުވަހުން އޮގަސްޓު މަހުގެ 6 ވަނަ ދުވަހަށް އޮންނަ އުމްރާ ދަތުރެކެވެ. އެއީ ގުރުއަތުން ހޮވޭ ހަތަރު ފަރާތަކަށް ދޭ އުމްރާ ދަތުރެކެވެ. މި އުމްރާ ދަތުރު ހޯދުމަށް ބައިވެރިވެވޭނީ ލިމިޓެއް ނެތް 30އެމް އިން ފެށިގެން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކޮށް ޕްރޮމޯޝަން ނިމެންދެން އެ ޕެކޭޖު ބޭނުން ކުރާ ކަސްޓަމަރުންނަށެވެ.

ދިރާގުން ބުނީ މިދިޔަ އަހަރު ތައާރަފްކުރި ޝޮޕިން ސްޕްރީއަށް ލިބުނު ތަރުހީބާ އެކު، މިއަހަރު ވެސް އެ އޮފާ ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މި އަހަރުގެ ޝޮޕިން ސްޕްރީ އޮފާގައި މާލޭގެ އިތުރުން އެކި ރީޖަންތަކުގެ ބޮޑެތި ފިހާރަތައް ވެސް ވަނީ ހިމަނައިފަ އެވެ. މިއީ ފިހާރައަކުން އެއް މިނެޓު ވަންދެން ނަގާ ހުރިހާ މުދަލެއް ހިލޭ ލިބޭ ހަރަކާތެކެވެ. ދިރާގުން ދޭ "ޝޮޕިން ސްޕްރީ"ގެ ފުރުސަތު 10 ކަސްޓަމަރަކަށް މި އަހަރު ދޭނެ އެވެ. އެ 10 ކަސްޓަމަރުން ހޮވާނީ އަންނަ މަހު އެވެ.

އެ ޕްރޮމޯޝަނުގައި ފުރުސަތު ލިބޭނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ކުރިން ދިރާގު ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑު ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށެވެ.

ދިރާގުން ބުނީ ރޯދަ މަހަށް ވެސް ހާއްސަ އޮފާތަކެއް އިއުލާނު ކުރާނެ ކަމަށެވެ.