14 ޖެނުއަރީ 2025 - 09:16

މާލޭގައި ހީނާމާގޭ ޕާކިން ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ 17 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ، އެ ސަރަހައްދަށް އަމާޒުކޮށް ޓާސްކްފޯހުން އޮޕަރޭޝަނެއް ހިންގީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ކަމަށް އަބަދުވެސް އާންމުންގެ ފަރާތުން ލިބެމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ކަމަަށެވެ.
އެ އިދާރާ އިން ބުނިގޮތުގައި، އެ އޮޕަރޭޝަނުގައި ވަނީ އެ ސަރަހައްދަށް އެއްވެ އުޅޭ ބިދޭސީންނާއި އެ ތަނުގައި ބިދޭސީން އިސްވެ ހިންގާ ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ބަލައި ފާސްކޮށްފަ އެވެ.
ސައްހަ ވިސާ ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ 17 ބިދޭސީއަކު އެ ސަރަހައްދުން ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް، މިދިޔަ އަހަރު އިމިގްރޭޝަނުން ފެށި އޮޕަރޭޝަނުގައި ވަނީ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި ހަށި ވިއްކަމުންދާ ބިދޭސީންނާއި ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުންދާ މީހުން ހިމެނެ އެވެ.