ބީއެމްއެލްގެ އެހީގައި ނަޒާ ހެލްތު ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި
ބީއެމްއެލްގެ އެހީގައި ނަޒާ ހެލްތު ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

ބީއެމްއެލް އިން ދޭ ސްޓާޓަޕް ގްރާންޓުގެ އެހީގައި ޅ. ނައިފަރުގައި ހެލްތު ރިހިބެލިޓޭޝަން ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލްގެ އެހީގައި ނަޒާ ހެލްތު ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި
ބީއެމްއެލްގެ އެހީގައި ނަޒާ ހެލްތު ރިހެބިލިޓޭޝަން ސެންޓަރެއް ހުޅުވައިފި

ނަޒާ ހެލްތު ރިހިބިލިޓޭޝަން ސެންޓަރުގެ ނަމުގައި ހުޅުވި އެ ސެންޓަރަކީ މިދިޔަ އަހަރު އެ ބޭންކުން ހުޅުވާލި ސްޓާޓަޕް ގްރާންޓް ލިބުނު ސަންފާ ނަޒާހަތު އަހުމަދު ހުޅުވި ފިޒިކަލް ހެލްތު ރިހިބެލިޓޭޝަން ދޭ ތަނެކެވެ. ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެކި ކަހަލަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންނަށާއި ސްޕޯޓްސް ރިހެބިލިޓޭޝަނާއި ނިއުރޮލޮޖިކަލް ރިހެބިލިޓޭޝަން އަދި އަންހެނުންނަށް ހާއްސަ ފިޒިކަލް ރިހެބިލިޓޭޝަން ފަދަ އެކި ހިދުމަތްތައް އެ ތަނުން ދެ އެވެ.

މިދިޔަ އަހަރަކީ ބީއެމްއެލް ސްޓާޓަޕް ފަންޑު، ވިދިވިގެން ދިން ތިންވަނަ އަހަރެވެ. އެ ގްރާންޓުގެ ދަށުން އުފެދެމުން އަންނަ ވިޔަފާރިތަކަށް ވިޔަފާރި ފަށައި ކުރިއެރުވުމަށް 500،000 ރުފިޔާގެ ހިލޭ އެހީ ދެ އެވެ. އެ ގްރާންޓުގެ އެހީގައި އެކި ދާއިރާތަކުގެ ކުދި ވިޔަފާރިތައް ފަށާ ފުޅާކޮށްފައިވެ އެވެ.