ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ނޭވާ ހޮޅިއަށް
ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ނޭވާ ހޮޅިއަށް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި، ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެ، އަތޮޅު ސެމީ ފައިނަލްގެ އުންމީދު ހަނިވެއްޖެ އެވެ.

ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ނޭވާ ހޮޅިއަށް
ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ނޭވާ ހޮޅިއަށް

ފުރަތަމަ މެޗުގައި ގެމަނަފުށި އަތުން ބަލިވި ކަނޑުހުޅުދޫ ވަނީ ރޭ ދާންދޫ އަތުން 3-2 އިން ބަލިވެފަ އެވެ. ނަމަވެސް ރޭ ގެމަނަފުށި ވަނީ 2-0 އިން ނިލަންދޫ އަތްދަށުވެފަ އެވެ. ނިލަންދޫގެ ދެ ގޯލު ވެސް ޖަހައިދިނީ މުހައްމަދު ޒާހިލް އަހުމަދެވެ.

ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ނޭވާ ހޮޅިއަށް
ގއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކަނޑުހުޅުދޫ ނޭވާ ހޮޅިއަށް

މިއާ އެކު ގއ. އަތޮޅުގެ ގުރޫޕް އޭ ގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮއްވައި، ދާންދޫ ވަނީ ހަ ޕޮއިންޓާ އެކު ސެމީ ފައިނަލުގެ ޖާގައެއް ޔަގީން ކޮށްފަ އެވެ.

ނިލަންދޫ އާއި ގެމަނަފުއްޓަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، ފައިދާ ގޯލުގެ ތަފާތުން ކުރީގައި އޮތީ ނިލަންދޫ އެވެ. ކަނޑުހުޅުދޫން ދެ މެޗުން ތިން ގޯލު ޖަހާފައި ވާއިރު، ބައިކޮށަށް ފަސް ގޯލު ވަދެފައިވެ އެވެ.

ދާންދޫން ގުރޫޕްގެ ފަހު މެޗުގައި ގެމަނަފުއްޓާ ދެކޮޅަށް ނުކުންނައިރު، ކަނޑުހުޅުދޫ ނުކުންނާނީ ނިލަންދުއާ ދެކޮޅަށެވެ. ކަނޑުހުޅުދުއަށް ސެމީގެ ފުރުސަތެއް ލިބޭނީ، ދާންދޫން ގެމަނަފުށި ބަލިކުރުމާ އެކު، ކަނޑުހުޅުދޫން ދެ ގޯލުގެ ތަފާތަކުން ނިލަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި އަތޮޅުގެ ގުރޫޕް ބީގައި ރޭ ދެއްވަދޫ ވަނީ 14-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޮލަމާފުށި ބަލިކޮށް، ހަ ޕޮއިންޓާ އެކު ސެމީގެ ޖާގައެއް ޔަގީން ކޮށްފަ އެވެ. ދެއްވަދޫގެ ހުޒެއިފަތު ރަޝީދު (ހުޒޭ) ހަތަރު ގޯލު ޖަހާފައި ވާއިރު، އަހުނަފް ރަޝީދު (އަހުއްކޮ) އާއި ޝިފާޒް އާދިލް (މަޓާ) ވެސް، ކޮންމެ ކުޅުންތެރިޔަކު ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފަ އެވެ.

ގުރޫޕް ބީގައި ހިމެނޭ ވިލިނގިލި ވަނީ ރޭ 2-0 އިން މާމެންދޫ ބަލިކޮށް، ފުރަތަމަ މޮޅު ހޯދައިފަ އެވެ.

މާމެންދުއާއި ވިލިނގިއްޔަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު، މާމެންދޫގެ ފަހު މެޗުގައި ކުޅޭނީ ދެއްވަދޫއާ ދެކޮޅަށެވެ. އަދި ވިލިނގިލި ނުކުންނާނީ ކޮލަމާފުއްޓާ ދެކޮޅަށެވެ.

ލ. އަތޮޅުގެ ކުޅުން ރޭ ފަށާފައި ވާއިރު، އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ރަނަރަޕް ގަން ވަނީ ފަހަތުން އަރައި 6-1 އިން މާވަށް ބަލިކޮށްފަ އެވެ.

ލ. އަތޮޅުގެ ގުރޫޕް އޭގެ މި މެޗުގައި އަހުމަދު މުހައްމަދު ވަނީ ވަރަށް ކުރީކޮޅު މާވަށަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް، އަހުމަދު ހަލީމް (އަންމަޑޭ)ގެ ދެ ގޯލާއި މުހައްމަދު މުސްލިހުގެ ދެ ގޯލުގެ އިތުރުން އަބްދުﷲ ޖުނައިދާއި ހުސެއިން އަޒްމީގެ ގޯލުތަކާ އެކު ގަމުން ވަނީ މެޗު ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ބ. އޭދަފުށި އަތުން ބަލިވި ގަން ވަނީ މުބާރާތް ފެށުމުގެ ކުރިން މިއަހަރު ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި އޭދަފުށި ބަލިކޮށް، ޝީލްޑް ދިފާއު ކޮށްފަ އެވެ. ގަން ވަނީ 2023 ވަނަ އަހަރު ގދ. ވާދޫ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރޭ ކުޅުނު ލ. އަތޮޅުގެ ގުރޫޕް ބީގެ މެޗުގައި ބައްދަލު ކުރީ މުންޑޫ އާއި ކަޅައިދޫ އެވެ. މި މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.

މުބާރާތުގައި ރޭ ވަނީ މ. އަތޮޅުގެ ގުރޫޕް އޭގެ ފުރަތަމަ ދެ މެޗު ވެސް ކުޅެފަ އެވެ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން މުލައް ވަނީ ފުރަތަމަ މެޗުގައި 3-1 އިން ވޭވަށް ބަލިކޮށްފަ އެވެ. މި ގުރޫޕްގައި ދެން ކުޅުނު މެޗުގައި ބައްދަލުކުރީ މަޑުއްވަރި އާއި ދިއްގަރެވެ. މި މެޗު 3-2 އިން ކާމިޔާބު ކުރީ ދިއްގަރެވެ.

މުބާރާތުގައި މިރޭ ކުޅޭނީ، ހދ. އަތޮޅާއި ހއ. އަތޮޅުގެ މެޗުތަކެވެ.