09 ޖެނުއަރީ 2025 - 17:07

ޓްރީ ޓޮޕް ހޮސްޕިޓަލުން އިންތިޒާމްކޮށްގެން މިދިޔަ މަހު 24 އިން މި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހިތާނީ ކޭމްޕު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
ޓްރީ ޓޮޕުން ބުނީ އެ ކޭމްޕުގައި 160 ކުދިން ހިތާނުކޮށްފައިވާ ކަމަށެވެ. ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕަކީ އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ކޮންސަލްޓަންޓުންނާއި ސާޖަނުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުން ކޮންމެ އަހަރުކު ވެސް ސްކޫލް ޗުއްޓީ އާއި ދިމާކޮށް ހިންގާ ކޭމްޕެކެވެ. އެ ކޭމްޕުގައި ހިތާނުކުރުމުގެ ކުރިން ދޭންޖެހޭ އިރުޝާދާއި ހިތާނުކުރުމާއި އޭގެފަހުން ދޭން ޖެހޭ ފަރުވާތައް ދެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރީވަތުސަން ސްރީދާ ޖީ ވިދާޅުވީ އެ ހިތާނީ ކޭމްޕަށް ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކަމަށެވެ. އަދި އެ ކޭމްޕުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުރަށް ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ސްކޫލު ޗުއްޓީގައި ވެސް މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮންމެ ސްކޫލް ބަންދަކާ ދިމާކޮށް ހިތާނީ ކޭމްޕު ހިންގަ އެވެ.