09 ޖެނުއަރީ 2025 - 09:16

ޖަލު ބަންދުގައި ހުރި މީހަކަށް ޑްރަގްސް އުފުލައިދިން ކަމަށް ތުހުމަތުވާ މީހަކު އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަށް ފުލުހުން ކޮށްފައިވަނީ ޑްރަގް ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެއްވެސް ޝަރުތެއް ނެތި އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ބަންދު އަމުރުގައިވާ ގޮތުން ގައިދީއަކަށް ޑްރަގް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރިނަމަވެސް، އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅައިފައެއް ނުވެ އެވެ.