ހުޅުމާލޭގައި ރެއިންބޯ އިން ހަދާ 136 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި
ހުޅުމާލޭގައި ރެއިންބޯ އިން ހަދާ 136 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި

ހުޅުމާލޭގައި "ރެއިން ކްރެސްޓް ރެސިޑެންސް"ގެ ނަމުގައި ރެއިންބޯ ކޮންސްޓްރަކްޝަނުން ތަރައްގީކުރާ ކޮންޑޮމީނިއަމްގެ 136 އެޕާޓްމަންޓް ގަންނަން އިއްޔެ ހުޅުވާލައިފި އެވެ.

ހުޅުމާލޭގައި ރެއިންބޯ އިން ހަދާ 136 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި
ހުޅުމާލޭގައި ރެއިންބޯ އިން ހަދާ 136 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި

ރެއިންބޯ އަދި އިންޑިއާގެ ސިންހަލް އިންޖިނިއަރިންއާ ގުޅިގެން އުފައްދާފައިވާ ރެއިންބޯ ސިންހަލް ޑިވެލޮޕާސް އިން ހުޅުމާލޭގެ ފިތުރޯނުމަގުގައި 14 ބުރީގެ ދެ ޓަވަރު ހަދަން ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން ބުނީ ފެރީ ޓާމިނަލް އިން ހިނގާލާފައި ދިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި ހަދާ ދެ ޓަވަރުގައި 136 އެޕާޓްމަންޓް ހުންނާނެ ކަމަށެވެ. އެ ޓަވަރުގައި ހަދާ ތިން ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ 11 އެޕާޓްމަންޓް ވިއްކަން ހަމަޖެހިފައި ވަނީ އެޕާޓްމަންޓެއް 3.5 މިލިއަން އާއި 3.9 މިލިއަން ރުފިޔާއަށެވެ. އަދި ތިން ކޮޓަރީގެ 33 އެޕާޓްމަންޓްގެ ތެރެއިން އެޕާޓްމަންޓެއް ވިއްކަން ހަމަޖެހިފައި ވަނީ 2.4 މިލިއަން ރުފިޔާ އާއި 3.5 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 44 އެޕާޓްމަންޓްގެ ތެރެއިން އެޕާޓްމަންޓެއް ވިއްކަނީ 2.3 މިލިއަން ރުފިޔާ އާއި 2.9 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ރެއިން ކްރެސްޓްގައި އެންމެ ގިނައީ އެއް ކޮޓަރީގެ އެޕާޓްމަންޓެވެ. އެތަނުގައި އެއްކޮޓަރީގައި 44 އެޕާޓްމަންޓް ހުރެ އެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކަނީ އެއް މިލިއަނާއި 1.6 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އޭގެ އިތުރުން އެ ތަނުގައި ހަތަރު ޕެންޓް ހައުސް ވެސް ހުރެ އެވެ.

ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ހަދާ ދެ ޓަވަރުގައި އިތުރު ހިދުމަތްތަކުގެ ގޮތުގައި ޓެރަސްގައި މެއިންޕޫލަކާއި ހުރިހާ އިކުއިޕްމެންޓްތަކެއް ހިމެނޭ ޖިމްރޫމެއް އަދި ފުލީ އިކުއިޕްޑް ކިޑްސް އޭރިއާއެއް އަދި މަލްޓި ޕާޕަސް ހޯލެއް ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރެއިންބޯ އިން ބުނީ އެ ދެ ޓަވަރުގައި ޕާކިންގެ އިތުރުން ކޮންމެ ފްލޯއަކަށް ގާބޭޖްޝޫޓްއެއް ބޭނުންކުރެވޭ ގޮތަށް ހުންނާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އެޕާޓްމެންޓްތައް ބުކްކުރުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް އެޕާޓްމެންޓްތައް ރަސްމީކޮށް ލޯންޗުކުރުމަށް އަންނަ އޭޕްރީލް މަހު ހަވަނަ ދުވަހު ރަސްމިއްޔާތެއް ބާއްވާނެ ކަމަށެވެ.

ރެއިންބޯ އިން ވަނީ ހުޅުމާލޭގައި ތިން އެޕާޓްމަންޓް ކޮމްޕްލެކްސް އަދި 20 ޔުނިޓްގެ ރޯހައުސް ތަރައްގީކޮށްފަ އެވެ. އަދި 145 އެޕާޓްމެންޓް ކޮމްޕްލެކްސް ވިއްކާ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އަދި މީގެ އިތުރުން މއ. މަނާގޭގައި 15 ބުރީގެ ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.