އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"
އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ބަދަލަކާ އެކު ލުއި ފަސޭހަ މަގެއް ހުޅުވުނީ 2016 ވަނަ އަހަރު އެސްޓީއޯ ކޮންސްޓްރަކްޝަނުން "ޕަވާ މިކްސް"ގެ ނަމުގައި ތައާރަފްކުރި "ރެޑީ މިކްސް" ކޮންކްރީޓުންނެވެ. އޭގެ ކުރިން ޕްރޮސެސް ވަރަށް އުނދަގުލެވެ. މަގުތައް ބަންދުކޮށްގެން، ބޭނުންވާ ހިލަ އާއި ހިލަވެއްޔާއި ގަށާ މެޝިނު ބަހައްޓައިގެން އެތައް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"
އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"

މެނުއަލްކޮށް އެ މަސައްކަތްތައް ކުރުމުން ކޮންކްރީޓުގެ ފެންވަރު ދަށްވެ, ސީދާ ބޭނުންވާ މިންވަރަށް ކޮންކްރީޓު ގެށުމަށް ވެސް އުނދަގޫވެ އެވެ. މި ދަތިތަކަށް ލުޔެއް ހޯދައިދީ, އިމާރާތްކުރުމުގައި ބޭނުންކުރާ ކޮންކްރީޓުގެ ފެންވަރު ކަށަވަރުކޮށްދިން ޕްރޮޑަކްޓަކީ "ޕަވާ މިކްސް" އެވެ.

އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"
އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"

"ޕަވާ މިކްސް" އެންމެ ފުރަތަމަ މާކެޓަށް ނެރުނީ މާލޭގައި ހެދި ޕްލާންޓަކުންނެވެ. އެސްޓީއޯގެ އަމިއްލަ ސައިޓުގައި ކޮންކްރީޓު މިކްސްކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ފެށުންވީ, އެކަމަށް އޮތް ޑިމާންޑު އިތުރުވެ, އިތުރު ދިވެހި ކުންފުނިތަކަށް ވެސް އެ މަސައްކަތުގެ ތެރެއަށް ވަންނަން ލިބުނު ފުރުސަތަކަށެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ހަލުވި މިނެއްގައި ކުރިއަށް ދާން ފެށުމުން, މި ޕްރޮޑަކްޓަށް އޮތް ޑިމާންޑު ބޮޑުވި އެވެ. އަދި އިމާރާތްތައް ކުރުމުގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުގެ އިތުބާރު ވެސް "ޕަވާ މިކްސް"އަށް ލިބުނެ އެވެ.

އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"
އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"

"ޕަވާ މިކްސް" މާކެޓަށް ތައާރަފްކުރިތާ ދެ އަހަރު ފަހުން, ރާއްޖޭގެ އެންމެ ބޮޑު ރެޑީ މިކްސް ޕްލާންޓު ހުޅުމާލޭގައި ހުޅުވީ އެހެންވެ އެވެ. ރެޑީ މިކްސް އަކީ ޕްލާންޓެއްގައި ތައްޔާރުކުރާ އެއްޗަކަށްވުމުން ސީދާ ކަސްޓަމަރު ބޭނުންވާ މިންވަރަށް ތައްޔާރުކޮށްދެވެ އެވެ. އަދި އެސްޓީއޯއިން އެކި ގްރޭޑުތަކުގެ ކޮންކްރީޓު ތައްޔާރުކޮށްދެ އެވެ. އޭގެ ތެރޭގައި ސީ20 އިން ފެށިގެން ސީ60އާ ހަމައަށް ގްރޭޑުކޮށްފައިވާ "ރެޑީ މިކްސް" އެސްޓީއޯ ކޮންސްޓްރަކްޝަނުން ލިބޭނެ އެވެ.

އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"
އިމާރާތް ކުރުމުގައި އިންގިލާބެއް ގެނުވި އެސްޓީއޯ "ޕަވާ މިކްސް"

އެސްޓީއޯ ކޮންސްޓްރަކްޝަނުގެ ކޮންކްރީޓް ސޮލިއުޝަން މެނޭޖަރު މުހައްމަދު ހަސަން ނަސީމް ވިދާޅުވި ގޮތުގައި އެ ތަނަކީ ރާއްޖޭގައި މި ވަގުތު ކުރިއަށްދާ އިމާރާތްކުރުމުގެ ބޮޑެތި އެކި ޕްރޮޖެކްޓުތަކަށް ކޮންކްރީޓު ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ. މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ކޮންކްރީޓު ތައްޔާރުކުރުމުގެ ރެކޯޑު ވެސް އެ ކުންފުންޏަށް ދާދި ފަހުން ލިބިފައިވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ އެފްޑަބްލިއު ވޯޓާ ފްރަންޓް އެޅުމަށް 2600 ސީބީއެމްގެ ކޮންކްރީޓު ތައްޔާރުކޮށްފައި. އެއީ، އާއްމު ގޮތެއްގައި ނަމަ އިމާރާތެއްގެ ފައުންޑޭޝަނުން ފެށިގެން ބޮޑު ބިލްޑިންގަކަށް ބޭނުންވާނެހާ ޖުމްލަ ކޮންކްރީޓު. މިއީ ރާއްޖޭގެ ކުންފުންޏަކުން މިހާ ގިނަ އަދަދަކަށް ކޮންކްރީޓު ތައްޔާރުކޮށް ޑެލިވާކުރި ފުރަތަމަ ފަހަރު." އޭނާ ވިދާޅުވި އެވެ.

ތިން ދުވަސްވަންދެން ހުއްޓާނުލައި ޕްލާންޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފަހު, ކަސްޓަމަރަށް ބޭނުންވާ އަދަދަށް "ޕަވާ މިކްސް" ފޯރުކޮށްދެވުމަކީ އެ ކުންފުންޏަށް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުވެފައިވާ މިންވަރުގެ ހެއްކެއް. މީގެ ކުރިން ބޮޑެތި އޯޑަރުތައް އަންނަނީ އެކި ބަޔަށް ބަހާލައިގެން އެކި ފަހަރުމަތިން ވަކި އަދަދެއް ހަމަކުރަން. އެއްފަހަރާ މިހާ ބޮޑު އޯޑަރެއް ރާއްޖޭގެ ކުންފުންޏަކުން, ރާއްޖޭގެ ޕްލާންޓަކުން ތައްޔާރު މިކުރީ އަލަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯ "ޕަވާ މިކްސް" އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ކުންފުނިން ރާވާފައިވާ ކަމަށެވެ. އަދި އެ ޕްރޮޑަކްޓަކީ މާކެޓުގައި ޑިމާންޑު ބޮޑު ޕްރޮޑަކްޓެއް ކަމަށާއި މާކެޓުގެ އެންމެ ރަނގަޅު ރޭޓުތަކުގައި "ޕަވާ މިކްސް" ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ބޭރުގެ ކުންފުނިތަކުން ހިންގާ އެކި ޕްރޮޖެކްޓުތަކަށް ކޮންކްރީޓު ތައްޔާރުކުރަމުން އަންނަ އެސްޓީއޯ އަކީ ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކްރީޓު ވެސް ފޯރުކޮށްދިން ކުންފުންޏެވެ. އެ ކުންފުނިން ވަނީ އެ ޕްރޮޖެކްޓަށް ހާއްސަކޮށް "ސީ70" ގްރޭޑުގެ ކޮންކްރީޓު ތައްޔާރުކޮށްދީފަ އެވެ.

ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ހިފަހައްޓާ އެސްޓީއޯ އިން ތައްޔާރުކުރާ "ޕަވާ މިކްސް" އަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ބަދަލެއް ގެނެސްދީ, އިމާރާތްތަކުގެ ފެންވަރު ޔަގީންކޮށްދިނުމުގައި ބޮޑު ދައުރެއް އަދާ ކުރާ އުފެއްދުމެކެވެ. އެސްޓީއޯ ރެޑީ މިކްސް, އެސްޓީއޯ ކޮންސްޓްރަކްޝަނުގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ.