08 ޖެނުއަރީ 2025 - 06:37

ސްރީ ލަންކާގެ ނަވަލާގައި ވަގަކު ގެޔަކަށް ވަދެ ބައި ގަޑިއިރު ވަންދެން އެކި ތަންތަން ހޯދައި ހޭވުމަށް ފަހު އެންމެ އަނބެއް ވަގަށް ނެގި ހާދިސާއަކަށް ސަމާލުކަން ލިބިއްޖެ އެވެ.
ގޭގައި ކަމެއް ހިނގާފައިވާކަން ވެސް އެ ގޭގެ މީހުންނަށް އެނގުނީ ގޭގެ ކަބަޑުތައް ހުޅުވައި ތަންތަން ހާވާފައި ހުރުމުންނެވެ. އަގު ބޮޑު އެއްވެސް އެއްވެސް މަދެއް ނޫނެވެ.
އެހެންވެ އެ ގޭގެ މީހުން، ގޭތެރޭގެ ސީސީޓީވީ ފުޓޭޖް ބެލި އިރު ފެންނަނީ ފަތިސް ވަގުތު މީހަކު ގެޔަށް ވަދެގެން އުޅެނިކޮށެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ އެ މީހާ އެކި ކޮޓަރިތަކާއި އެކި ތަންތަން ހޯދައި ބަލަމުން ގޮސް ނަގާތީ ފެންނަނީ އަނބެކެވެ.
ގޭތެރޭގައި ބައިގަޑިއިރު އުޅުމަށް ފަހު އެ މީހާ ދެން ނުކުމެގެން ދަނީ އަނބު ކަމުންނެވެ. \
އެ މީހާ އަނބު ކަމުން ނުކުމެގެން ދަނީ ވެސް ވަރަށް ހަމަޖެހިލައިގެން ހުރެ މަޑުމަޑުން ހިނގައިފަ އެވެ.
މި ހާދިސާގެ ވީޑިއޯ ފުލުހުންނާ ހިއްސާކޮށްފައި ވާއިރު ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަވެއްޖެ ނަމަ ފުލުހުންނަށް އަންގަން ވަނީ އެދިފަ އެވެ.