ރެއިންބޯއިން ވިޔަފާރިކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!
ރެއިންބޯއިން ވިޔަފާރިކޮށްގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

މިދިޔަ މަހު ރެއިންބޯއިން އެއްލައްކަ ރުފިޔާގެ ބޮޑު އިނާމަކާ އެކު ފެށި "ރެއިންބޯ ރަމަޒާން ސޭލް" މާޗު ހަ ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.

ކޮންމެ 500ރ.ގެ ވިޔަފާރިއަކާ އެކު ކޫޕަނެއް ދޫކުރާ އެ ސޭލްގައި 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ވެސް ލިބޭނެ އެވެ. އޭގެ އިތުރުން އެ ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދެ ހަފުތާއަކުން ވަރަށް ހާއްސަ، އަގުހުރި އިނާމެއް ލިބޭ "ޝެއާ އެންޑް ވިން" ގިވްއަވޭ ޕްރޮމޯޝަނެއް ވެސް އެ ސޭލްއާ ގުޅިގެން ރެއިންބޯއިން ވަނީ ފަށައިފަ އެވެ.

"ރެއިންބޯ ރަމަޒާން ސޭލް" ކުރިއަށްދާނީ ރެއިންބޯ އެންޓަޕްރައިސަސްގެ ފިހާރަތައް ކަމުގައިވާ ރެއިންބޯ ލިވިން މޯލް, ލިވިން ޑިޒައިން ސްޓޫޑިއޯ, ރެއިންބޯ އޮފީސް ސިސްޓަމް, ރެއިންބޯ ބިލްޑްވެއާ, ރެއިންބޯ ތިނަދޫ, ރެއިންބޯ އައްޑޫ އަދި ރެއިންބޯގެ އޮންލައިން ސްޓޯރު (www.buyrainbow.com.mv)ގަ އެވެ.