ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް
ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެވަނަ ވައިޑް-ބޮޑީ އެއާކްރާފްޓް މި އަހަރުގެ އޮކްޓޫބަރު މަހުގައި ގެނެސް، ބޭނުން ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް
ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް

އައިލެންޑް އޭވިއޭޝަނުން އެއާބަސް އޭ330 ބޯޓު ނުވަތަ އެ ކުންފުނީގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނައުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިއީ މޯލްޑިވިއަންގެ ހިދުމަތް ފުޅާކުރުމުގެ މުހިންމު ފެށުމެއް ކަމަށެވެ. މިއަދު ވައިޑް-ބޮޑީ އެއާކްރާފްޓްގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް ބޭނުން ކުރަން ފަށާއިރު، ޗައިނާގެ އިތުރުން ދުނިޔޭގެ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ކުރުމަށް ރާވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް
ވައިޑް ބޮޮޑީގެ ދެވަނަ ބޯޓު އޮކްޓޫބަރުގައި ބޭނުން ކުރާނެ: ރައީސް

ގައުމީ އެއާލައިންގެ ފްލީޓަށް އިތުރު ކުރާ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާޓުން ޗައިނާގެ ތިން މަންޒިލަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. އެއީ ބެއިޖިން އާއި ޝެންހާއީ އާއި ޗެންގްޑޫ އެވެ. ދިގު ދަތުރުތައް ކުރެވޭ އެ މަރުކާގެ ދެވަނަ އެއާކްރާފްޓާ އެކު ޔޫރަފަށް ވެސް ދަތުރުތައް ފެށުމަށް ވަނީ ރާވައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކޮށް ރާއްޖެއަށް ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު އާދެވޭނެ ގޮތްތަކެއް ފަހިވާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަނާއި ޓްރާންސްޕޯޓު މިނިސްޓްރީފގެ ހުރިހާ ބޭފުޅުން ގުޅިވަޑައިގެން އެ ކުރާ މަސައްކަތްތައް ނިމި، އޮކްޓޫބަރު މަހާ ހަމައަށް ދާއިރު، އުދުހުމަށް ތައްޔާރުވެގެން ދާނެ. މިއަދު މި ފެށޭ އުދުހުންތަކުން ޗައިނާގެ ބައެއް ހިސާބުތަކަށް ދަތުރު ކުރެވެނީ. އަދި ކުރިއަށް އޮތްތަނުގައި މިއަށް ވުރެ ގިނަ މަންޒިލްތަކުން ޓޫރިސްޓުން ގެނެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގާ އެއާލައިން، މޯލްޑިވިއަނަށް އަންނަ ކުރިއެރުންތަކާ އެކު ރާއްޖޭގެ މުޅި އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓުން ގެނައުން އިތުރު ކުރުން އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށާއި ކުރިމަގުގައި ވެސް، ޓޫރިޒަމް ދާއިރާ އާއި އޭވިއޭޝަން ދާއިރާ ކުރއަރުވާނެ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އައިލެންޑް އޭވިއޭޝަނަށް އިތުރު ކުރިއެރުންތައް ގެނެސް، އެމްއޭސީއެލް އަށް ވެސް އިތުރު ކުރިއެރުންތައް ގެނެސް ވަރަށް ގިނަ ހަރުފަތްތަކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މި އަހަރު ތެރޭގައި ގިރާ ކުރާނެ. ކުރިއަށް މިއޮތީ ތަރައްގީގެ މަސައްކަތުގެ ދުވަސްތައް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، މި އަހަރުގެ ތެރޭގައި ތަރައްގީގެ މުހިއްމު މަސައްކަތްތަކެއް ރާއްޖެ އިން ފެންނަން ފަށާނެ އެވެ. އިގްތިސާދީ ދާއިރާ އާއި އުމްރާނީ އަދި އިޖްތިމާއީ ދާއިރާ އިން ވެސް ބާރު މިނުގައި ކުރި އަރައިގެން ދާނެ އަހަރަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މޯލްޑިވިއަން ގެ ހިދުމަތް 2،000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު އެވެ. މިއަދު މޯލްޑިވިއަން އަށް އިތުރު ކުރި އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. މޯލްޑިވިއަން އެއާލައިނުން މިހާރު ވެސް އަންނަނީ 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭ އެ އެއާލައިނުން ވަނީ 50،000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލައިފަ އެވެ.