05 ޖެނުއަރީ 2025 - 16:37

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އާކިޓެކްޓެއް ކަމަށްވާ ފަޔާޒު މަންސޫރު ހަމަޖައްސައިފި އެވެ. އޭނާއަކީ މި ސަރުކާރުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވ ފުރަތަމަ ބޭފުޅާ އެވެ.
ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ދުވަސްތަކެއް ވަންދެން އެޗްޑީސީގައި ކުރިން ވެސް އުޅުއްވި ފަޔާޒު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. އޭގެ ފަހުން އޭނާ އެޗްޑީސީގެ މަސައްކަތަށް ނުކުމެވަޑައިގަތީ މިއަދެވެ.
ފަޔާޒު މިހާތަނަށް މަސައްކަތް ކުރައްމުން ގެންދެވީ ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތްކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ ގޮތުގަ އެވެ.
ފަޔާޒު ވަނީ ކުއަންޓިޓި ސާވޭއިން ޑިގްރީ ހައްދަވައިފަ އެވެ. ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން މާސްޓާސް ފުރިހަމަ ކުރެއްވީ ބިލްޑިން ސައިންސުންނެވެ.