ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކީ އުރީދޫ

ރޭ ފެށި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި އުރީދޫން ސޮއިކޮށްފި އެވެ.

އުރީދޫން މީގެކުރިން ވެސް ވަނީ މި މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެފަ އެވެ. މިއީ އެ މުބާރާތުގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި އުރީދޫން ބައިވެރިވާ ތިން ވަނަ އަހަރެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އެކި ރަށްރަށުގެ 130 ޓީމެއް ބައިވެރިވެ އެވެ. އެ މުބާރާތުގައި ޖުމްލަ 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މުބާރާތް އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުޅޭނީ ހުޅުމާލެ ޓާފް ސްޓޭޑިއަމްގަ އެވެ.

އެ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރަތެކެވެ. އެ މުބާރާތުގައި އުރީދޫން ގޯލްޑަން ފުޓްސަލް ގައި ބައިވެރިވާ ޓީމުތަކަށާއިސަޕޯޓަރުންނަށް ހާއްސަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.