02 ޖެނުއަރީ 2025 - 16:50

މާފަންނު މަޖީދީމަގުގައި އެސްޓީއޯގެ ފާމަސީއެއް މިއަދު ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ ވެލިގާ ހާޑްވެއާއާ ޖެހިގެން، ކަންމަތީގައި ހެދި ފާމަސީ އަކީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކްލިނިކުތަކެއް ހުރުމުން، ބޭސްނެގުމުގައި ހުރި ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ހުޅުވި ތަނެއް ކަމަށެވެ.
ޒަމާނީ ކޮންސެޕްޓަކަށް ބިނާކޮށް ފަރުމާކޮށްފައިވާ އެ ފާމަސީގައި ބޭހުގެ އިތުރުން ހޮސްޕިޓަލާއި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓާއި ހޯމްކެއާ އަދި ޕާސަނަލް ކެއާ ރޭންޖުގެ ގިނަ ޕްރޮޑަކްޓުތަކެއް ހުރެ އެވެ.
އެ ކުންފުނިން ހުޅުވި ދެ ފްލޯގެ އެ ފާމަސީގެ ދެ ވަނަ ފްލޯގައި މެޑިކަލް އިކުއިޕްމަންޓާއި މެޑިކަލް ކޮންޒިއުމަބަލަސްގެ ތަފާތު ފަހުގެ ޒަމާނީ ފްރޮޑަކްޓުތައް ހުރެ އެވެ. އަދި އެ ފްލޯގައި ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކައުންޓަރެއް ވެސް ހުރެ އެވެ.
މި ފާމަސީން ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 8 އިން ރޭގަނޑު 10 އަށް ހިދުމަތް ލިބޭނެ އެވެ. އަދި ހުކުރު ދުވަހު މެންދުރު 2 އިން ރޭގަނޑު 10 އަށް ހިދުމަތް ލިބޭނެ އެވެ.