01 ޖެނުއަރީ 2025 - 19:49

މާލޭގެ ގެއަކުން އިއްޔެ ވަގަށް ނެގި ދެ މިލިއަން ރުފިޔާގެ މުދަލާއި ފައިސާ ފުލުހުން މިއަދު ހޯދައިފި އެވެ
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކުން އިއްޔެ ވަގަށް ނެގި ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދުމަށްފަހު، އޭގެ ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ގިނަ އަދަދެއްގެ ބޭރު ފައިސާ އާއި ލެޕްޓޮޕާއި އައިޕެޑްތަކަކާއި ކެމެރާތަކަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތަކެކެވެ.
އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.