31 ޑިސެމްބަރ 2024 - 20:09

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ އެކު މިއަދު ބޭއްވި ގާނޫނު ހަދާ މަޖިލީހުގައި ޖަލްސާގައި ބައިވެރިވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު އޮޕަރޭޝަން ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް 15 މަސް ދުވަސް ވެފައި ވަނިކޮށެވެ.
ނަތަންޔާހޫ މިއަދު ބައިވެރިވީ ބަޖެޓް ހުށަހެޅުންތަކާ ގުޅޭ ބިލަކަށް ވޯޓަށް އެހުމުގެ ޖަލްސާއެއްގަ އެވެ.
ހޮނިހިރު ދުވަހު ނަތަންޔާހޫގެ އޮފީހުން ބުނީ، ނަތަންޔާހޫގެ ޕްރޮސްޓޭޓް ނަގަން ޖެހުނީ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭތީ ޑޮކްޓަރަށް ދެއްކުމުން، ޕްރޮސްޓޭޓް ދުޅަވެފައިވާކަން އެނގުމުން ކަމަށެވެ.
ނަތަންޔާހޫ ވަނީ މިދިޔަ މާޗް މަހު ހާނިއާ ސާޖަރީއެއް ވެސް ހަދައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ޕޭސްމޭކާއެއް ލެއްވުމުގެ ޕްރޮސީޖާއެއް ވެސް ހަދައިފަ އެވެ.