29 ޑިސެމްބަރ 2024 - 06:23

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕްރޮސްޓޭޓް ނަގަން ސާޖަރީއެއް ހަދަން ޖެހިއްޖެ އެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ މި ސާޖަރީ އާދީއްތަ ދުވަހު ހަދާނެ ކަމަށެވެ.
އިޒްރޭލަށް މީގެ 14 މަސް ދުވަސް ކުރިން ހަމާސް އިން ދިން ހަމަލާތަކާ އެކު އިޒްރޭލުން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ މި ވަގުތު މި ސާޖަރީ ހަދަން ޖެހުނީ ނަތަންޔާހޫގެ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭތީ ކަމަށް އޭނާގެ އޮފީހުން ބުންޏެވެ.
މި މައްސަލަ ދިމާވަނީ ޕްރޮސްޓޭޓް މާ ބޮޑުވެފައިވާތީ ކަމަށާއި އެހެންވެ ޕްރޮސްޓޭޓް ނަގަން ޖެހެނީ ކަމަށް ބަޔާނުގައިވެ އެވެ.
މިދިޔަ މާޗް މަހު ނަތަންޔާހޫ ހާނިއާ ސާޖަރީއެއް ވެސް ހަދާފައި ވާއިރު ޖުލައި މަހު ވަނީ ޕޭސްމޭކާއެއް ވެސް ލައްވަން ޖެހިފަ އެވެ.