ފުލުހުންގެ ކާރެއްގައި ޖެހި އެކްސިޑެންޓެއް، ޒުވާނެއްގެ ހާލު ސީރިއަސް
ފުލުހުންގެ ކާރެއްގައި ޖެހި އެކްސިޑެންޓެއް، ޒުވާނެއްގެ ހާލު ސީރިއަސް

ހުޅުމާލޭ ފޭސް 2ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހިގެންނެވެ. ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތައްވެފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއްވެފައިވާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތެއް ފުލުހުން ނުބުނެ އެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.