"ހޯމީ"ގެ މޮޅު ޕްރޮޑަކްޓުތައް ވެލިގާ އަށް
"ހޯމީ"ގެ މޮޅު ޕްރޮޑަކްޓުތައް ވެލިގާ އަށް

"ހޯމީ" ބްރޭންޑުގެ އެކި އުފެއްދުންތައް ވެލިގާ އިން ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި އެވެ.

"ހޯމީ"ގެ މޮޅު ޕްރޮޑަކްޓުތައް ވެލިގާ އަށް
"ހޯމީ"ގެ މޮޅު ޕްރޮޑަކްޓުތައް ވެލިގާ އަށް

ކޮންސްޓްރަކްޝަން ދާއިރާގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ މި ބްރޭންޑަކީ އެމެރިކާ އާއި ޔޫރަޕުގެ ސްޓޭންޑަޑްތަކަށް ފެތޭ ގޮތަށް ފަރުމާކޮށް 60 ގައުމެއްގައި ޑިސްޓްރިބިއުޓް ކުރަމުން އަންނަނީ ބްރޭންޑެކެވެ.

ވެލިގާއިން "ހޯމީ" ބްރޭންޑުގެ ސިލިކޯން އާއި ފޯމު އަދި ގިނަ ކުލަތަކެއް ހިމެނޭ ގޮތަށް ސްޕްރޭ ޕެއިންޓު ވެސް ވަނީ ތައާރަފު ކޮށްފަ އެވެ. ވެލިގާ އިން ބުނީ "ހޯމީ" އަކީ ފެންވަރު ރަނގަޅު އަދި ބާޒާރުގައި ހުރި އެ ފަދަ އެކި އުފެއްދުންތަކާ އަޅާ ބަލާއިރު އަގު ހެޔޮ ޕްރޮޑަކްޓުތަކެއް ކަމަށެވެ.

"ހޯމީ" ބްރޭންޑުގެ ޕްރޮޑަކްޓުތައް ވެލިގާގެ ހުރިހާ ފިހާރަތަކުގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވެސް ގަންނަން ލިބޭނެ އެވެ. ވެލިގާ އަކީ ރާއްޖެއަށް ކޮންސްޓްރަކްޝަން ދާއިރާގެ ފެންވަރު ރަނގަޅު. މޮޅު ބްރޭންޑުތަކެއް ތައާރަފު ކޮށްފައިވާ ވަރުގަދަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު މެޓާބޯ އާއި ޔާޓޯ އާއި ސަޓާ އާއި ނިފެކްސް އާއި ވެރާ އަދި މެޑްކާ ފަދަ ބްރޭންޑުތައް ހިމެނެ އެވެ.

ވެލިގާގެ ފިހާރަތައް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހިންގަ އެވެ.