ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފި އެވެ.

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި

މި ބަދަލުތަކުގެ ދަށުން ރައީސް މިއަދު އުފެއްދެވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އެވެ. އެ ބަދަލާ އެކު، ފިނޭންސް މިނިސްޓްރީ ހިންގަވާނީ ކުރިއެކޭ އެއްގޮތަށް މިހާރުގެ ވެސް މިނިސްޓަރު މޫސާ ޒަމީރެވެ.

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި

ހައުސިން މިނިސްޓްރީގެ ބަދަލުގައި ރައީސް މުއިއްޒު އުފެއްދެވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަވާނީ މިހާރެކޭ ވެސް އެއްގޮތަށް ޑރ. އަބްދުﷲ މުއްތޮލިބެވެ.

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި

މިހާތަނަށް ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދާ ހަވާލު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ.

ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް ގެނެސްފި

ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރެއްވީ އެގްރިލަކްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށެވެ.

މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.

މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް އޭރު ބަދަލުކުރެއްވި އެވެ. އަދި ފަހުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ޒަމީރު ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ.