މި އަހަރުގެ ރެކޯޑާ އެކު އަމާޒަކީ އަންނަ އަހަރު ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން: މިނިސްޓަރު
މި އަހަރުގެ ރެކޯޑާ އެކު އަމާޒަކީ އަންނަ އަހަރު ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން: މިނިސްޓަރު

ޓޫރިޒަމްގައި މި އަހަރަކީ ގިނަ ރެކޯޑުތަކާ އެކު ކާމިޔާބު އަހަރެއް ކަމަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މި އަހަރަށް ވުރެ 15 ޕަސެންޓް އިތުރުކުރުމަކީ އަންނަ އަހަރުގެ އަމާޒު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރެކޯޑާ އެކު އަމާޒަކީ އަންނަ އަހަރު ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން: މިނިސްޓަރު
މި އަހަރުގެ ރެކޯޑާ އެކު އަމާޒަކީ އަންނަ އަހަރު ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން: މިނިސްޓަރު

ޓޫރިޒަމްގައި މިއަދަކީ ރާއްޖެއަށް ތާރީޚީ ދުވަހެކެވެ. އަހަރެއްގެ ތެރޭގައި، ރާއްޖެއަށް ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށް، މިއަދު ވަނީ ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފަ އެވެ.

މި އަހަރުގެ ރެކޯޑާ އެކު އަމާޒަކީ އަންނަ އަހަރު ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން: މިނިސްޓަރު
މި އަހަރުގެ ރެކޯޑާ އެކު އަމާޒަކީ އަންނަ އަހަރު ޓޫރިސްޓުން 15 ޕަސެންޓަށް އިތުރުކުރުން: މިނިސްޓަރު

ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި ލިޔެވުނު ދެ މިލިއަން ވަނަ ޓޫރިސްޓުގެ ޝަރަފު ހޯދީ، ފިރިމީހާ އާއި ދެ ކުދިންނާ އެކު އައި އޮސްޓްރިއާގެ އަންހެނެކެވެ.

އެއާޕޯޓުގައި އޮތް ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރަކީ ރާއްޖޭގައި ޓޫރިޒަމްގެ ދާއިރާއިން ފާހަގަކޮށްލެވޭ، ގިނަ ރެކޯޑުތަކެއް ހެދުނު ކާމިޔާބު އަހަރެއް ކަމަށެވެ.

"ރާއްޖޭގެ ތާރީހުގައި ގިނަ ރެކޯޑުތަކެއް މި އަހަރު ވަނީ ހާސިލްވެފަ. އެންމެ ގިނަ ފަތުރުވެރިން އައީ މި އަހަރުގެ ފެބްރުއަރީ މަހު. އެއީ، ދެ ލައްކަ ސަތާރަ ހާސް ފަތުރުވެރިން. މިއީ މިހާ ގިނަ ފަތުރުވެރިން އެއް މަހެއްގެ ތެރޭގައި އައި ފުރަތަމަ ފަހަރު. އަދި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ހަމަކުރެވުނީ ވެސް މި އަހަރު،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވެވަޑައިގަތް އިރު، އިންޑިއާގެ މާކެޓު ދަށްވެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. ނަމަވެސް، އެ މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި އިންޑަސްޓްރީގެ އެކި ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތްތަކުން އިންޑިއާގެ މާކެޓު އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެ މިލިއަން ޓޫރިސްޓުން ހަމަކުރުމަކީ މި ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ޓާގެޓަށް ވާސިލްވާން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން ހަނީ މޫން ޑެސްޓިނޭޝަނެއްގެ ބޭރުން ރާއްޖެ މާކެޓުކުރަން މަސައްކަތްކުރާނަން. ސްޕޯޓްސް ޓޫރިޒަމް އާއި އެޑިއުކޭޝަނަލް ޓޫރިޒަމް ފަދަ އެކި ދާއިރާތައް އެކްސްޕްލޯކުރާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ތަފާތު ގޮތަކަށް އަންނަ އަހަރު މާކެޓް ކުރުމަށް. އޭގެ ޕްލޭންތައް މިހާރު މި ހަދަނީ." އޭނާ ވިދާޅުވި އެވެ.