25 ޑިސެމްބަރ 2024 - 13:01

އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން ފަސް ދުވަހަށް ބީއެމްއެލް ބަންދު ވާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ކޮންމެ އަހަރެއްގެ ފަހު ދުވަސް ބޭންކުތައް ބަންދުވާ އިރު، ހަފުތާ ބަންދު ވަންނާތީ، ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 30 ވާ ހޯމަ ދުވަހެވެ.
ބީއެމްއެލް ދެން ހުޅުވާނީ ޖެނުއަރީ 5 ވާ އާދީއްތަ ދުވަހު އެވެ.
އެ މުއްދަތުގައި ބީއެމްއެލްގެ ބްރާންޗުތައް ބަންދުވިޔަސް، އޭޓީއެމްތަކުންނާއި މޯބައިލް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އަދި ބީއެމްއެލްގެ ކޮންޓެކްޓު ސެންޓަރު މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ބުންޏެވެ.