މަރާލި ކިމްގެ ދަރިއެއް ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާއްމުކޮށްފި
މަރާލި ކިމްގެ ދަރިއެއް ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާއްމުކޮށްފި

ސޯލް (މާޗް 8) - މެލޭޝިއާ އެއާޕޯޓުގައި ވިހަ ބޭނުންކޮށްގެން މަރާލި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމްގެ ދަރިއެއް ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް ޔޫޓިއުބުގައި އާއްމުކޮށްފި އެވެ.

މަރާލި ކިމްގެ ދަރިއެއް ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާއްމުކޮށްފި
މަރާލި ކިމްގެ ދަރިއެއް ކަމަށް ބުނާ މީހެއްގެ ވީޑިއޯއެއް އާއްމުކޮށްފި

މިއީ ކިމްގެ މަރާ ގުޅިގެން އޭނާގެ އާއިލާގެ މީހަކު ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. މި ވީޑިއޯ އަޕްލޯޑްކޮށްފައި ވަނީ ޗިއޮލިމާ ސިވިލް ޑިފެންސް (ސީސީޑީ) ކިޔާ ގްރޫޕަކުންނެވެ. ސައުތު ކޮރެއާގެ ޖާސޫސީ އިދާރާ އިން ވަނީ ވީޑިއޯގައި ވަނީ ކިމް ހަން-ސޮލް ކަން ޔަގީންކޮށްދީފަ އެވެ. ނަމަވެސް ކިމް ހަން-ސޮލް ވީ ތަނަކާއި ވީޑިއޯ އަޕްލޯޑް ކުރި ސީސީޑީއާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.

"އަހަންނަކީ ނޯތު ކޮރެއާގެ ކިމް ހަން-ސޮލް. ކިމްގެ އާއިލާގެ މެންބަރެއް. އަހަރެންގެ ބައްޕަ ވަނީ ކުޑަ ދުވަސްކޮޅެއް ކުރިން މަރާލާފައި. އަހަރެން މިހާރު މި އުޅެނީ މަންމަ އާއި ދައްތައާ އެކު. އަހަރެމެން ވަރަށް ޝުކުރުވެރިވަން..." އެހާ ހިސާބަށް ބުނާ ތަނުން ސާޅީސް ސިކުންތުގެ ވީޑިއޯގެ އަޑު ކެނޑެ އެވެ.

އޭނާ ވަނީ ނޯތު ކޮރެއާގެ ޕާސްޕޯޓް ވެސް ދައްކާލައިފަ އެވެ. ނަމަވެސް ޕާސްޕޯޓުގައި މައުލޫމާތު ހުރި ސަފްހާ ވަނީ ކަޅުކޮށްފަ އެވެ.

މި ވީޑިއޯ ނަގާފައި ވަނީ ކޮންތަނެއްގައި ކަމެއް ނޭނގެ އެވެ. ހަން-ސޮލް- 21، ތައުލީމް ހާސިލްކޮށްފައި ވަނީ ޕެރިހުގެ ސައެންސް ޔުނިވާސިޓީން ކަމަށްވެ އެވެ. އަދި މަންމަ އާއި ދައްތައާ އެކު އޭނާ ދިރިއުޅެނީ މަކާއޫގައި ކަމަށްވެ އެވެ. ނަމަވެސް ކިމް މަރާލި ފަހުން އެ އާއިލާ ދިރިއުޅޭ ތަނެއް ނޭނގެ އެވެ. ކިމް މަރާލީ މަކާއޫ އަށް ފުރަން ގޮސް ކުއާލަ ލަމްޕޫރު އެއާޕޯޓުގައި ހުއްޓަ އެވެ.