އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި

ޖަލު ހުކުމް ތަންފީޒުުކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫ ޖަލަށް މިއަދު ބަދަލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް އެމަނިކުފާނު ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް ވިދާޅެއްނުވެ އެވެ.

މާފުށީ ޖަލުން، ދޫނިދޫ ޖަލަށް އަދީބު ބަދަލުކުރައްވާފައި މިވަނީ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރޭގައި އެމަނިކުފާނު އޮންނަވާ ކަމުގެ ތުހުމަތު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް އެކަން ކަރެކްޝަނަލް ސާވިސް އިން ދޮގު ކުރެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާ ގުޅިގެން އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.