22 ޑިސެމްބަރ 2024 - 16:19

ކ. ގުރައިދޫގައި މަރުވި ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، ހަށިގަނޑު މިއަދު މާލެ ގެނެސް ވަޅުލައިފި އެވެ.
އެ ރަށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވި ހަތަރު މަހުގެ ފިރިހެން ކުއްޖާގެ މަރުގައި ޝައްކުތަކެއް ހުރުމުން ހަމަ އެ ރޭގެ މާލެ ގެނަ އެވެ. އެއަށް ފަހު، ޕޯސްޓްމޯޓަމް ހަދަން މިދިޔަ ބުދަ ދުވަހު އިންޑިޔާ އަށް ގެންދިޔަ އެވެ.
އެ މަރުގައި ފުލުހުން ޝައްކު އުފައްދަނީ އެ ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރުމުންނެވެ.
ކަށުނަމާދު ޕޭޖުގައިވާ ގޮތުން ހަތަރު މަހުގެ އެ ކުއްޖާގެ ކަށުނަމާދު ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހު ހުޅުމާލެ ސަހަރާގަ އެވެ.