އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖާގައެއް ނެތް، އީސީން ހަދަނީ ދޮގު: އެމްޑީޕީ
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖާގައެއް ނެތް، އީސީން ހަދަނީ ދޮގު: އެމްޑީޕީ

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހަރަކާތްތައް ހިންގަން ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުންޏަސް އެ ފުރުސަތެއް ނެތް ކަމަށާއި އީސީން ހަދަނީ ދޮގު ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖާގައެއް ނެތް، އީސީން ހަދަނީ ދޮގު: އެމްޑީޕީ
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖާގައެއް ނެތް، އީސީން ހަދަނީ ދޮގު: އެމްޑީޕީ

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ އެކި ހަރަކާތްތައް ހިންގުމުގެ ހުއްދަ ހޯދަން މިދިޔަ މަހުން ފެށިގެން ހައުސިން މިނިސްޓްރީއަށް 27 ސިޓީ ލާފައިވާނެ ކަމަށާއި ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބުދީފައިނުވާ ކަމަށެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖާގައެއް ނެތް، އީސީން ހަދަނީ ދޮގު: އެމްޑީޕީ
އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖާގައެއް ނެތް، އީސީން ހަދަނީ ދޮގު: އެމްޑީޕީ

"މާހެފުން ބޭއްވި އިރު ވެސް އެކަމުގެ ހުއްދަ ހޯދަން ހައުސިން މިނިސްޓްރީއަށް ސިޓީލިން. އެކަމުގެ ޖަވާބެއް ނުލިބޭ. ދެން މާހެފުން ބޭއްވިއިރު ވެސް އެކަމަށް ފުލުހުން ހުރަސްއެޅީ. ދެން ބުނަނީ ހުއްދަ ނުހޯދައި މާހެފުން ބާއްވާތީއޭ. ދެން ހުއްދަ ހޯދަން އަޅުގަނޑުމެން ކީއްތޯ ކުރަންވީ،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ހައުސިން މިނިސްޓްރީއަށް އެމްޑީޕީން ފޮނުވާ ސިޓީތައް ހޯމް މިިނިސްޓްރީއާއި ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ފޮނުވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ތަނަކުން ވެސް އެމްޑީޕީއާ މަޝްވަރާކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ހުއްދައަށް އެދި ހުއްޓައި އެ ހުއްދަ ނުދީ ހަރަކާތްތައް ހުއްޓާލުމަކީ ރަނގަޅު ގޮތެއް ނޫން. އޭގެ އަލީގައި މިހާރު ބުނެވޭ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގަން ޖާގައެއް ނެތް،" ނިޔާޒު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.1 އާއި 0.2 ޕަސެންޓު ސިޔާސީ ޕާޓީތަކަށް ދޭންޖެހެ އެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް އެއިން އެއްވެސް ފައިސާއެއް އެމްޑީޕީއަށް ދީފައި ނުވާ ކަމަށާއި އެ ފައިސާ ނުދެވިގެން އުޅެނީ ކޯޓުގައި މައްސަލަ އޮވެގެން ކަމަށް ބުނެ އީސީން ދައްކަނީ ބަހަނާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ. އެމްޑީޕީގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ވެސް ހުށަހެޅިތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވަނީ އެކަން ކޮށްފައި. އެކަން އެގޮތަށް އޮއްވައި މި ވިދާޅުވަނީ އަދި ވެސް ހުރަސްތަކެއް އެބަހުއްޓޭ ފައިސާ ދޫކުރުމުގައި. މިހާރު ވާހަކައެއްގެ ގޮތުގައި ދައްކަނީ ކޯޓަށް އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ވާހަކަ. އެއްވެސް އަމުރެއްގައި ނެތް އިލެކްޝަންސް ކޮމިޝަނަށް ފައިސާ ދޫކުރުމުގައި ހުރަހެއް އޮތް ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީއަށް މިދިޔަ އަހަރު ދައުލަތުން ވަނީ 7.9 މިލިއަން ރުފިޔާ ދީފަ އެވެ. ނަމަވެސް ޕާޓީން އަމިއްލަ އަށް ކުރި ހަރަދުތަކާ އެއްކޮށް ޖުމްލަ 11.5 މިލިއަން ރުފިޔާގެ އޮޑިޓް ރިޕޯޓު ހުށަހެޅި ކަމަށް ވިދާޅުވި އެވެ.

އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް (އީ-ވޯޓިން) ތައާރަފްކުރަން އެމްޑީޕީން ތާއީދުކުރާ ކަމަށް އިލެކްޝަނުން ބުންޏަސް އެއީ ދޮގެއް ކަމަށް އެ ޕާޓީން ބުނެ އެވެ. އެމްޑީޕީގެ އިލެކްޝަންގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ މިދިޔަ މާޗު މަހު އީސީއާއެކު ބޭއްވި ބައްދަލުވުންތަކުގައި އެކަމާ ގުޅޭ ގޮތުން ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި އީވޯޓިން ތައާރަފްކުރުމާ ގުޅޭ މައުލޫމާތު ޕާޓީތަކާ ހިއްސާކުރާނެ ކަމަށް ބުންޏަސް މިހާތަނަށް އެ ޕާޓީއަށް އެކަން ހިއްސާކޮށްފައިނުވާ ކަމަށް މަނިކު ވިދާޅުވި އެވެ.

އީވޯޓިންއާ ގުޅޭ މައުލޫމާތުތައް އެމްޑީޕީއަށް ލިބެނީ މީޑިއާތައް މެދުވެރިކޮށް ކަން މަނިކު ފާހަގަކުރެއްވި އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު"އަށް ވިދާޅުވީ އީ ވޯޓިން ތައާރަފްކުރާނީ ތިން ފޮށީގައި ކަމަށެވެ. ކައުންސިލް އިންތިހާބު އެއްކޮށް އީ ވޯޓިން އަށް ބަދަލުކުރުމުގެ ވިސްނުން އެ ކޮމިޝަނުން ނުގެންގުޅޭ ކަމަށާއި ކޮމިޝަނުން ނިންމާފައި ވަނީ، ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރިއަށް ގެންދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ އެމްޑީޕީން އީވޯޓިންނަށް އެއްބަސް ނުވެވެނީ ކުރީގެ އިންތިހާބުތަކުގައި ކަންތައްތައް ހިނގައި ދިޔަގޮތުން ކަމަށާއި ޝަރުއީ ދާއިރާ ބޭނުންކޮށްގެން ވެސް އީސީގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްބަހެއް ނުވަން އީވޯޓިން އަކަށް. އެމްޑީޕީއަކުން އަދި އީވޯޓިން އަކަށް އެއްބަހެއް ނުވަން. ތަކުރާރުކޮށް އީސީއަށް ބުނަން އެމްޑީޕީން އެއްބަސް ނުވާ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.

އީ ވޯޓިންގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަން ނިންމާފައިވަނީ ކޮރެއާގައި އުފައްދާފައިވާ އެއްޗެއް ކަމަށާއި އެއީ އެ ގައުމުގައި ވެސް ބޭނުންނުކުރާ އެއްޗެއް ކަމަށް މަނިކު ވިދާޅުވި އެވެ.