22 ޑިސެމްބަރ 2024 - 09:10

ގަލޮޅުގެ އިތުރު ގެއެއްގައި މަރުވެފައި އޮތް މީހަކު ރޭ ދަންވަރު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް، 45 އެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، އިއްޔެ ހަވީރު ވެސް ވަނީ ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފަ އެވެ. ނަމަވެސް، އެއީ ކާކު ކަމެއް، އޭނާއަށް ވީ ގޮތެއް ވެސް ފުލުހުން އަދި ނުބުނެ އެވެ.