ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި
ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި

މާލޭ އަލިކިލެގެފާނު މަގުގައި އިއްޔެ ސައިކަލް ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތް ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި
ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި

އެ މައްސަލައިގެ ތުހުމަތަށް އިއްޔެ ހަވީރު ހައްޔަރުކުރީ ފުލުހުން ބުނިގޮތުގައި، ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް، 30 އެވެ.

ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި
ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ގޮތުގައި ސައިކަލްގައި އަންހެނަކު ދުއްވާފައި ދަނިކޮށް އޭނާގެ ކަރުގައި އޮތް ފަށް ޖަހައިގަނެފައިވަނީ ފަހަތުން ސައިކަލެއްގައި ދިޔަ ފިރިހެނެކެވެ. އޭރު އަންހެން މީހާ ހުރީ ގޮތް ހުސްވެ، ޝޮކެއްގެ ތެރޭގައި ކަން ވީޑިއޯ އިން އެނގެ އެވެ. ފިރިހެންމީހާގެ ކިބައިން ސަލާމަތްވާން ސައިކަލް ވެސް ވައްޓާލާފައި ދުއްވައި ގަންނަ ތަން ވީޑިއޯ އިން ފެނެ އެވެ.

ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި
ސައިކަލްގައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށްފި

ބާރު ސްޕީޑުގައި ސައިކަލްގައި ދިޔަ ފިރިހެން މީހާ ހުރީ މޫނު ނުފެންނަ ގޮތަށް ހެލްމެޓް ވެސް އަޅައިގެންނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފަށް ފޭރުމަށް ފަހު ފިރިހެން މީހާ ސައިކަލް މަޑުކުރުމަށް ފަހު، ދެ ވަނަ ފަހަރަށް އަންހެން މީހާއާ ދިމާލަށް ދުއްވައިގަނެ އެވެ. ދެ ވަނަ ފަހަރަށް އޭނާ ހަމަލާދީ މަސައްކަތްކުރީ އަންހެން މީހާގެ އަތުގައި އޮތް އަތްދަބަސް ޖަހައިގަތުމަށް ކަމަށް ބެލެވެ އެވެ.

ހަމަލާ ދޭން މަސައްކަތް ކުރަމުން އަންހެން މީހާގެ ފަހަތުން ދުވެފައި ގޮސް ޕޭވްމަންޓު މައްޗަށް އެރި ނަމަވެސް އެ ސަރަހައްދަށް މީހުން ގިނަ ވާން ފެށުމުން ފިރިހެން މީހާ ސައިކަލްގައި ދުވެ ފިލީ އެވެ.

ފުލުހުން މިއަދު ބުނީ ފަށް ޖަހައިގަތް ކަމަށް ތުހުމަތު ކުރެވޭ އިސާމް މިހާރު ހައްުޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނިގޮތުގައި، އޭނާ ދުއްވި ސައިކަލް ވެސް މައްސަލައިގެ ތަހުގީގަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.