ބީއެމްއެލްގެ ސްމޯލް ގްރާންޓު ލިބުނު ދެ ޕްރޮޖެކްޓެއް ނިމިއްޖެ
ބީއެމްއެލްގެ ސްމޯލް ގްރާންޓު ލިބުނު ދެ ޕްރޮޖެކްޓެއް ނިމިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފް ކުރި ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހިންގި ދެ މަޝްރޫއެއް ނިންމާލައިފި އެވެ.

ބީއެމްއެލްގެ ސްމޯލް ގްރާންޓު ލިބުނު ދެ ޕްރޮޖެކްޓެއް ނިމިއްޖެ
ބީއެމްއެލްގެ ސްމޯލް ގްރާންޓު ލިބުނު ދެ ޕްރޮޖެކްޓެއް ނިމިއްޖެ

މި ގްރާންޓަކީ އެ ބެންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައާރަފް ކުރި ގްރާންޓެކެވެ. މި ގްރާންޓުގެ އެހީގައި ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެ ތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ވަނީ ގާއިމްކޮށްފަ އެވެ. މި ޕްރޮޖެކްޓު ހިންގީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) އިންނެވެ.

މި ގްރާންޓުގެ އެހީގައި ގދ. ވާދޫ ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ގޮތަށް ރައްކާތެރިކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މި މަސައްކަތް ކުރީ ހުވަދޫ އެސޮސިއޭޝަން ފޯ ޓޫރިޒަމް (ހެޓް) އިންނެވެ.

ބީއެމްއެލް އިން އަންނަނީ މުޖުތަމައަށް ދެމެހެއްޓެނިވި ގޮތަށް ފައިދާ ވާނެ އެކި ޕްރޮޖެކްޓުތަކާއި ތިމާވެށި ހިމާޔަތްކުރަން ކުރާ އެކި މަސައްކަތްތަކުގައި އެކި ގްރާންޓު ޕްރޮގުރާމްތައް މެދުވެރިކޮށް އެހީ ދެމުންނެވެ.