19 ޑިސެމްބަރ 2024 - 11:47

ޓްރީ ޓޮޕް ހޮސްޕިޓަލުން ގޭގެއަށް ގޮސް ދޭ "ހޯމް ކެއާ" ފިޒިއޮތެރަޕީ ހިދުމަތަށް އާ ދެ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
ޓްރީ ޓޮޕުން އަލަށް ތައާރަފްކުރި ދެ ޕެކޭޖަކީ ޕެއިން މެނޭޖްކުރުމުގެ ޕެކޭޖާއި ފަންކްޝަނަލް އިމްޕްރޫވްމަންޓް ޕެކޭޖެވެ. އަލަށް ތައާރަފްކުރި ދެ ޕެކޭޖަކީ އެ ހޮސްޕިޓަލުން ގޭގެއަށް ގޮސް މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ހޮސްޕިޓަލަށް ދިއުމުގައި ދަތިކަން ހުރި މީހުންނަށް ފަރުވާ ހޯދުމުގައި މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދިނުމުގެ ގޮތުން ތައާރަފްކުރި ޕެކޭޖުތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޕެއިން މެނޭޖްކުރުމުގެ ޕެކޭޖު ހާއްސަކޮށްފައި ވަނީ ދިގު މުއްދަތަކަށް ނުވަތަ ކުއްލިއަކަށް ވާ ތަދުތަކަށް ލުއި ހޯދުމަށް ބޭނުންވާ ފަރުވާތައް ހިމެނޭ ގޮތަށެވެ. މި ޕެކޭޖުގެ ދަށުން ދޭ ހިދުމަތްތަކަކީ:
- ބަލިމީހާގެ ބޭނުންތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އަސާސީ ތެރަޕިއުޓިކް އެކްސަސައިޒް ނުވަތަ ކަސްރަތު ފަރުވާ
- ތަދު ލުއިކޮށްދިނުމަށް ހާއްސަކޮށްފައިވާ އިލެކްޓްރޯތެރަޕީ ފަރުވާތައް
- ތަދު ލުއި ކުރުމަށް ބޭނުންކުރާ ޓެކްނިކްތަކާބެހޭ އިރުޝާދު ދިނުން
ދެ ވަނަ އަށް ހިމެނޭ ފަންކްޝަނަލް އިމްޕްރޫވްމަންޓް ޕެކޭޖަކީ އެކިކަހަލަ އިންޖަރީ ނުވަތަ އަނިޔާ ލިބި، ރަނގަޅުވަމުންދާ މީހުންނަށާއި، ހަށިގަނޑުގެ ހަރަކާތްތެރިކަމާއި ގާބިލުކަން އިތުރުކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖުގެ ދަށުން ދޭ ހިދުމަތްތަކަކީ:
- ހަރަކާތްތެރިކަން އިތުރުކުރުމުގެ ގޮތުން ދޭ ހާއްސަ ތެރަޕިއުޓިކް ފަރުވާ
- ހަރަކާތްތެރިކަން ރަނގަޅުކުރުމަށް ބޭނުންވާ އިރުޝާދު
- އިންޓަފެރެންޝަލް ތެރަޕީ އަދި އަލްޓްރާސައުންޑް ތެރަޕީ
ޓްރީ ޓޮޕްއިން އަލަށް ތައާރަފްކުރި "ހޯމް ކެއާ" ފިޒިއޮތެރަޕީ ޕެކޭޖުތަކުގެ ހިދުމަތް ހޯދަން މިހާރު އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.