މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ
މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ

މިއަހަރު ކުރީކޮޅު މާފަންނު ކަނބާއައިސާރަނި ހިނގުމުގައި ސިމްޑީން ހުޅުވި އެ ކުންފުނީގެ ސީޕީޑީ ފިހާރައިގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ
މާފަންނު ސިމްޑީ ސީޕީޑީ ފިހާރައިން ޑިސްކައުންޓު ދެނީ

މި ޕްރޮމޯޝަންގައި، އެ ފިހާރައިން ވިއްކާ އެކި ޕްރޮޑަކްޓުތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

ސިމްޑީން ބުނީ މި ޕްރޮމޯޝަނަކީ އެ ފިހާރައިގައި ވިއްކާ ކޮލިޓީ، މޮޅު ޕްރޮޑަކްޓުތައް ހެޔޮ އަގުގައި ތަޖުރިބާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެ ފިހާރައިގައި ސިމްޑީ ގްރޫޕުން އެތެރެކުރާ އެކި ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ބޮން ކެފޭގެ ބުއިންތަކާއި ދިލްމާ ޓީ އާއި ދުނާރު ރައިސް އަދި ނޫރު ސަންފްލާވާ އޮއިލް ފަދަ ކެއުންބުއިމަށް ހާއްސަ ބްރޭންޑުތައް ހުރެ އެވެ. މީގެ އިތުރުން ހައިޖީން ޕްރޮޑަކްޓުތައް ވެސް ލިބޭނެ އެވެ. ދިވެހިންގެ މެދުގައި މަގުބޫލު މޮނިން ބްރޭންޑުގެ ސިރަޕްގެ އެކި ފްލޭވާތަކާއި އިލީ އިންސްޓަންޓް ކޮފީ އާއި ކެޕްސޫލް ފަދަ އެކި ޕްރޮޑަކްޓުތައް ވެސް އެ ތަނުގައި ހުރެ އެވެ.

ސިމްޑީ ގްރޫޕުން އެ ކުންފުނީގެ އެކި ފިހާރަތަކުގައި މި ފަދަ ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަ އެވެ.