12 ޑިސެމްބަރ 2024 - 11:02

އިމާރާތް އަނދާ ހުލިވުމުން ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށާއި މަސައްކަތްތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ކޮންސްޓްރްކަޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުލިބުނަސް، ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެ މިނިސްޓްރީން ދެމުން އަންނަ އާއްމު ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި، ހިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށް ބުންޏެވެ.
އަމީނީ މަގުން، އަޑު ކައިރީގައި ހިންގާ އިމާރާތުގައި ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަ އެވެ. އެއާ ޖެހިގެން، ހަނދުވަރީ ހިނގުމުގައި ހިންގާ އެންވަޔަރްމަންޓް މިނިސްޓްރީގައި ވެސް ރޯވެ ގެއްލުން ލިބުމުން، މި ވަގުތު ތިން މިނިސްޓްރީއެއްގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މީޑިއާއަށް ވިދާޅުވީ ހެނދުނު 6:30 ހާއިރުން ފެށިގެން ސިފައިން ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
އެންމެ ފުރަތަމަ އިސްކަން ދިނީ ކައިރީގައި ހުރި އިމާރާތްތަކުގައި މީހުން ހުސްކުރަން ކަމަށާއި އެ މަސައްކަތް ނިމުނުއިރު އޮފީހުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯވިތާ ހަތަރު ގަޑިއިރު ފަހުން އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.