އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އިމާރާތަށް ވަންނަ މައި ގޭޓާ ދިމާލުން ބައެއް އަލިފާނުގެ ހާދިސާގައި ވަނީ ވެއްޓިފައި. ރޯވި އިމާރާތުގައި ލަކުޑި އާއި ޓިނުން އެކި ބައިތައް ހަދާފައި ހުރޭ.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އަލިފާން ރޯވިތާ ހަތަރު ވަރަކަށް ގަޑިއިރު ފަހުން މިހާރު ވަނީ އަލިފާން ކޮންޓްރޯލްވެފައި.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އުފަންވާ ކުދިން ރަޖިސްޓްރީކުރުމާއި އާބާދީއާ ބެހޭ މައުލޫމާތު ބަލަހައްޓާ، މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރެޖިސްޓްރޭޝަންގެ އޮފީހުގައި ވެސް މި ހާދިސާގައި ވަނީ އަލިފާން ރޯވެފައި. މާލޭ ރަށްވެހިންގެ މުހިންމު މައުލޫމާތުތަކެއް ގެއްލިފައިވުން އެކަށީގެންވާ ކަމަށް ވަނީ ބެލެވިފައި.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހުންނަވައި، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މީޑިއާއަށް ވިދާޅުވީ ހެނދުނު 6:30 އެހާއިރުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން އައި ކަމަށް. އޭނާ ވިދާޅުވީ ސިފައިންގެ އަތުގައި ހުރި ހުރިހާ ސާމާނެއް ބޭނުންކޮށްގެން، އަލިފާން ނިއްވަން މަސައްކަތްކުރަމުން ދިޔަ ކަމާށާއި އެންމެ ފުރަތަމަ އިސްކަން ދިނީ ކައިރި ހުރި އިމާރާތްތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންދަން ކަމަށް. އެ މަސައްކަތް ނިމުމު އިރު އިމާރާތުގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

ރޯވި އަލިފާނާ އެކު އަރަމުންދާ ބޯ ދުމުގެ އަސަރު މުޅި ސަރަހައްދަށް ކޮށްފައި ވާއިރު އެ ހިސާބުގައި ހުރި ބައެއް ސްކޫލްތަކުން ވަނީ ކިޔަވައިދިނުން މެދުކަނޑާލައި ދަރިވަރުން ގެޔަށް ފޮނުވާލާފައި.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އިމާރާތުގައި ރޯވި އަލިފާން އަދިވެސް ނިއްވައެއް ނުލެވޭ. އެކަމަކު އަލިފާން ފެންނަނީ މިހާރު ކުރިއަށްވުރެ ކުޑަކޮށް

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އަލިފާނުގެ މި ހާދިސާގައި މިހާތަނަށް އަދި މީހަކަށް އަނިޔާއެއްވީ ކަމުގެ ރިޕޯޓެއް ނެތް.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

ރޯވި އިމާރާތަކީ ހައުސިންގެ އިތުރުން އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ވެސް ހުންނަ ތަނެއް.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އެމްއެންޑީއެފުން ބުނީ އެހެން އިމާރާތްތަކަށް އަލިފާން ފެތުރުމުގެ ކުރިން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް. އަދި އެއާޕޯޓްގެ ފަޔަ ފައިޓަރުން ވެސް މިހާރު ގެންދަނީ އަލިފާން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނި.

އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި
އަލިފާން ކޮންޓްރޯލްވި އިރު އިމާރާތް އަނދައި ހުލި

އަލިފާންގަނޑު މިހާރު ނުފެނުނަސް ބޯކޮށް ދަނީ ދުން އަރަމުން. އަލިފާން ކޮންޓްރޯލްވީ ކަމަކަށް އަދިވެސް ނުބެލެވޭ. އިމާރާތުގައި ސަލާމަތްކުރެވޭ ހިސާބުގައި އެއްޗެެއް ހުރި ނަމަ އެ ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ދަނީ މަސައްކަތްކުރަމުން.

އިމާރާތުގައި އަލިފާން ނެތް އެއްވެސް ދިމާލެއް މިހާރު ނެތް. އަލިފާން ނިއްވަން ކުރަމުންދާ މަސައްކަތުން މާބޮޑު ކުރިއެރުމެއް ލިބޭ ކަމަކަށް ނުފެނޭ.

ފުލުހުން ބުނީ ހައުސިން މިނިސްޓްރީ ހިންގާ މ. ގްރީން ބިލްޑިންގުގައި ރޯވެ އަނދަމުން ދާތީ، އެ ސަރަހައްދުގެ ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް. އެކަމުގައި ސިފައިންނާއި ފުލުހުން ވެސް އަންނަނީ ބައިވެރިވަމުން

އިމާރާތުގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ އަދިވެސް ދަނީ ފެތުރެމުން.

ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ބުނީ ރޯވި ކަމަށް ބެލެވެނީ އިމާރާތުގެ ފުރަތަމަ ބުރީގައި ކަމަށް. އޭރު އޮފީސް ހުޅުވަން ތައްޔާރުވެ ބައެއް މުވައްޒަފުން ވެސް އެތެރޭގައި ތިބި ކަމަށް އޭނާ ބުނި. ދުންތައް ފެނުމާ އެކު އެންމެން އިމާރާތުން ނުކުތީ ކަމަށް އޭނާ ބުނި.

އަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ތަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް އިރުކޮޅެއް ކުރިން ވަނީ ވަޑައިގެންފައި،

އިމާރާތުން އަރަމުންދާ ދުމުގެ އަސަރު މާލޭގެ ބޮޑު ސަރަހައްދަކަށް ދަނީ ކުރަމުން. އެހެންވެ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އަަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިފައި.

ރޯވި ތަނަކީ ލަކުޑި ޑެކް އަޅައި ޓިނުން އިމާރާތުގެ ބޮޑު ބައެއް ހަދާފައިވާ ދުވަސްވީ ތަނެއް. އިމާރާތުގެ ވަށައިގެން ހުރިހާ ދިމާލަކުން އޮލަ ދުން އަރަމުންދާތަން ފެނޭ. ބެލެވޭ ގޮތުގައި މުޅި އިމާރާތަށް ވަނީ އަލިފާން ފެތުރިފައި.

އިމާރާތުގައި ރޯވެ ދުން އަރާތަން ފެންނަން ފެށީ 7:30 އެހާއިރު. އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފެއް ނުވޭ

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވެ އަދަން ފަށައިފި އެވެ.

އެމްއެންޑީއެފުން އަންނަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު މުޅި އިމާރާތަށް އަލިފާންގަނޑު ފެތުރި ބޯކޮށް ދަނީ ދުން އަރަމުންނެވެ.