11 ޑިސެމްބަރ 2024 - 19:10

އިސްލާމިކް މިނިސްޓްރީން އަންނަ ރޯދަ މަހު ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ "ނޫރުލް އަޛާން 1446"ގެ ނަމުގައި ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ މުބާރާތް ބާއްވަނީ މާލޭގައި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީގެ މިސްކިތްތަކާ ބެހޭ ސެކްޝަނުން އިންތިޒާމުކޮށްގެން ބާއްވާ އެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާނަމަ އެކަމަށް ހާއްސަ ކޮށްފައިވާ ގޫގުލް ފޯމު ފުރިހަމަކޮށް، މި މަހު 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.