ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް

ހުޅުމާލެ ފިތުރޯނުގަސް މަގުގައި އޮތް ހުސް ބިން ވިޔަފާރީގެ ބޭނުމަށް އެޗްޑީސީން ކުއްޔަށް ދޫކޮށް ބައެއް ބިންތަކުގައި މަސައްކަތް ފަށައިފި އެވެ.

ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް

އެނގިފައިވާ ގޮތުގައި މިތަނުން ވިޔަފާރީގެ ބޭނުމަށް ބިން ދޭން ނިންމީ ކުރީ ސަރުކާރުގެ ދުވަސްވަރު ހުޅުމާލެ 1 ގެ ލޭންޑްޔޫސް ޕްލޭން ބަދަލުކުރި އިރު އެވެ. އެ ޕްލޭނާ އެއްގޮތަށް ދީފައިވާ ބިންތަކުގެ ތެރެއިން ހަވާލުކޮށްފައިވާ ބައެއް ބިންތަކުގައި އިމާރާތްކުރަން ފަށައި ގަސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ.

އެއީ ހުޅުމާލެ 1 ގައި، މެރީބްރައުން އާއި ކޮފީ ރިޕަބްލިކް ރެސްޓޯރަންޓާ ދިމާލުގައި ހުންނަ ލަގްޒަރީ އެޕާޓްމަންޓުތަކުގެ ކުރިމަތީގައި ފިތުރޯނު ގަސްތައް ހުންނަ ތަނުންނެވެ. އެ ތަން ގިނަ މީހުން ބޭނުންކުރަނީ ފޮޓޯ ޝޫޓްތަކަށެވެ. އަދި މުޅި މަގުގެ ރީތިކަމާ އެކު އެއްކޮށް ހިޔާވެފައި އޮންނަނީ އެ ގަސްތަކުން އެވެ.

އެޗްޑީސީގެ ވެބްސައިޓަށް ލާފައިވާ ހުޅުމާލެ ލޭންޑްޔޫސް ޕްލޭނުން އެނގޭ ގޮތުގައި އެ ގަސްތައް ހުރި ސަރަހައްދު އެއްކޮށް ހުސް ކުރުމަށް ފަހު ވޯޓާ ފްރަންޓް ކޮމާޝަލްގެ ގޮތުގައި 20 ބިމެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެޗްޑީސީން މިހާރު ވަނީ ބައެއް ކުންފުނިތަކަށް އެ ބިންތައް ކުއްޔަށް ދޫކޮށް ކޮންޓްރެކްޓު ވެސް ހަދައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެޗްޑީސީއާ ސުވާލުކުރި ނަމަވެސް އަދި ވަކި ޖަވާބެއް ނުދެ އެވެ.

އެޗްޑީސީން މީގެ ކުރިން ވެސް ވަނީ މަގަށް ގެއްލުން ލިބޭތީ ބައެއް ފިތުރޯނުގަސްތައް ނަގައިފަ އެވެ. އެ މައްސަލާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.