ހަނގުރާމަވެރިން ބުނަނީ ދިމިޝްގު ހިސާރުކުރަން ތައްޔާރު ކަމަށް، ބައްޝާރު ފިއްލަވައިފި ކަމަށް ވެސް އަޑު ފެތުރިއްޖެ
ހަނގުރާމަވެރިން ބުނަނީ ދިމިޝްގު ހިސާރުކުރަން ތައްޔާރު ކަމަށް، ބައްޝާރު ފިއްލަވައިފި ކަމަށް ވެސް އަޑު ފެތުރިއްޖެ

ސީރިއާގެ ހަނގުރާމަވެރިން އެ ގައުމުގެ މުހިންމު ސިޓީތައް ހިފަމުން ހަލުވިކަމާ އެކު ކުރިއަރަމުން ދާއިރު ވެރިރަށް ދިމިޝްގު ވަށާލައި އެ ސިޓީއަށް އަރަން ތައްޔާރުވާން ފަށާފައިވާ ކަމަށް ބުނެފި އެވެ.

ހަނގުރާމަވެރިން ބުނަނީ ދިމިޝްގު ހިސާރުކުރަން ތައްޔާރު ކަމަށް، ބައްޝާރު ފިއްލަވައިފި ކަމަށް ވެސް އަޑު ފެތުރިއްޖެ
ހަނގުރާމަވެރިން ބުނަނީ ދިމިޝްގު ހިސާރުކުރަން ތައްޔާރު ކަމަށް، ބައްޝާރު ފިއްލަވައިފި ކަމަށް ވެސް އަޑު ފެތުރިއްޖެ

ސީރިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ މި ވާހަކަތަކާ އެކު ރައީސް ބައްޝާރުލް އަސަދު ދިމިޝްގުން ނުކުމެވެޑައިގެން ފިއްލަވައިފި ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ހަނގުރާމަވެރިން ބުނަނީ ދިމިޝްގު ހިސާރުކުރަން ތައްޔާރު ކަމަށް، ބައްޝާރު ފިއްލަވައިފި ކަމަށް ވެސް އަޑު ފެތުރިއްޖެ
ހަނގުރާމަވެރިން ބުނަނީ ދިމިޝްގު ހިސާރުކުރަން ތައްޔާރު ކަމަށް، ބައްޝާރު ފިއްލަވައިފި ކަމަށް ވެސް އަޑު ފެތުރިއްޖެ

އެކަމަކު ސަރުކާރުން މި ވާހަކަތައް ދޮގުކޮށް ބުނީ ސިފައިން ދިމިޝްގުގެ މަގާމުތަކުގައި ގާއިމުގެ އެބަތިބި ކަމަށާއި ފިލައިގެން ނުދާ ކަމަށެވެ. އަދި ބައްޝާރު ފިއްލަވައިފި ކަމަށް ބުނާ ވާހަކަ އަކީ ވެސް ދޮގެއް ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސް ބައްޝާރު ދިމިޝްގުން ނުކުމެވަޑައިގެން ފިއްލަވައިފި ކަމަށް ބުނާ ވާހަކަ ކުށްވެރިކޮށް ބައްޝާރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ "ބައްޝާރު ގެންދަވަނީ ވެރިރަށުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގައުމީ އަދި ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން" ކަމަށެވެ.

ހަލަބް އާއި ހަމާ ސިޓީ، ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ އިއްތިހާދެއްގެ ބާރުގެ ދަށަށް ގޮސްފައި ވާއިރު އިއްޔެ ވަނީ ދަރްއާ ސިޓީ ވެސް ސީރިއާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އަދި މިއަދު ހަނގުރާމަވެރިންގެ ކޮމާންޑްރެއް ކަމަށްވާ ހަސަން އަބްދުލްޣަނީ ބުނި ގޮތުގައި ހަނގުރާމަވެރިންގެ އިއްތިހާދުން ދިމިޝްގު ވަށާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ވެރިރަށް ދިމިޝްގު ވަށާލުމުގެ އެންމެ ފަހު މަރުހަލާ އަހަރެމެންގެ ސިފައިން މިހާރު ވަނީ ފަށާފައި،" ހަމަލާ ކޮމާންޑަރު ހަސަން އަބްދުލްޣަނީ ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ވަނީ އެ ސިޓީ ކައިރީގައި ހުރި މަގާމުތަކުން ސިފައިން ފިލައިގެން ގޮސްފައިވާ ކަމަށް ބުނާ ވާހަކަ އަކީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ބުނެފަ އެވެ.

"ދިމިޝްގުގެ ހުރިހާ ސަރަޙައްދަކުން އަޅުގަނޑުމެންގެ ސިފައިން ފަހަތަށް ޖެހިފައިވާ ކަމަށް ބުނާ ހަބަރުތަކުގައި އެއްވެސް ހަގީގަތެއް ނެތް،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ހަނގުރާމައިގެ ކަންކަން މޮނިޓަކުރާ ޖަމާއަތަކާއި ކޮމާންޑަރު އަބްދުލްޣަނީ މީގެ ކުރިން ބުނެފައިވަނީ ހަނގުރާމަވެރިން ތިބީ ދިމިޝްގުގެ 20 ކިލޯމީޓަރު ކައިރީގައި ކަމަށާއި، ހަމަލާތައް އިތުރަށް ވަރުގަދަވުމުގެ ސަބަބުން ސަރުކާރު ސިފައިން ފަހަތަށް ޖެހެމުންދާ ކަމަށެވެ.

ސީރިއާ އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ، ސަރުކާރުގެ ސިފައިން އިތުރު މުހިންމު ސަރަހައްދުތަކެއް ދޫކޮށްލާފައިވާ ކަމަށާއި، ދެކުނު ދަރްއާ ޕްރޮވިންސްގެ ކޮންޓްރޯލް ގެއްލި، އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ކައިރީގައި އޮންނަ ގުނެއިތުރާގެ ޕޯސްޓްތައް ހުސްކޮށްފައިވާ ކަމަށެވެ.

މޮނިޓަރުން ބުނީ ދިމިޝްގުގެ 10 ކިލޯމީޓަރު (ހަ މޭލު) ދުރުގައި އޮންނަ އަވަށްތަކުން ވެސް ސަރުކާރުގެ ސިފައިން ފޭބުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތަކުގައި ބައްޝާރާ ދެކޮޅަށް އަޑު އުފުލައި، އާންމުން އުފާ ފާޅުކުރުން ވެސް ދަނީ ކުރިއަށެވެ.

ސީރިއާގެ ވެރިކަމުން ބައްޝާރު ދުރުކުރުމަށް ފެށި މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކުރުމާ އެކު އުފެދުނު ދާހިލީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 500،000 އަށް ވުރެ ގިނަ މީހުން ސީރިއާގައި ވަނީ މަރުވެފަ އެވެ. އަދި މި ހަމަނުޖެހުންތަކާ ހެދި އެތައް ހާސް ބަޔަކު ވަނީ އެކި ހިސާބުތަކަށް ހިޖުރަކޮށްފަ އެވެ.