07 ޑިސެމްބަރ 2024 - 17:26

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހއ. ދިއްދޫގައި ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
މިއީ އެމްއައިބީން ހދ. ކުޅުދުއްފުށި ފިޔަވައި އުތުރުގައި ހުޅުވި ހަމައެކަނި ސެންޓަރެވެ.
ދިއްދޫ ސެންޓަރު ހުޅުއްވައި ދެއްވީ އެ ރަށު ކައުންސިލްގެ ރައީސް އަބްދުالله ރަޝީދާއި ކައުންސިލްގެ ނައިބު ރައީސް އަބްދުالله ވަހީދާއި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ އެވެ.
އެމްއައިބީން ބުނީ އެ ބޭންކުން ދޭ ހުރިހާ ހިދުމަތްތަކެއް ދިއްދޫ ސެންޓަރުން ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ
އެމްއައިބީގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދިއްދޫގައި ހުޅުވި ސެންޓަރަކީ އުތުރުގައި އުޅޭ ކަސްޓަމަރުންނަށް އެ ބޭންކުގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ އަށް އަދި ފަސޭހައިން ހޯދޭނެ ތަނެއް ކަމަށް އެމްއައިބީން ބުންޏެވެ.
ދިއްދޫ ސެންޓަރާ އެކު، ހއ، ހދ، ބ، އދ، ކ، ދ، ލ، ގއ، ގދ އަދި ފުވައްމުލަކާއި އައްޑޫން ވެސް މިހާރު އެމްއައިބީގެ ހިދުމަތްތައް ލިބޭނެ އެވެ.