07 ޑިސެމްބަރ 2024 - 15:47

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާ ދައުރަށް މެމްބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ހެނދުނު 10:00 އިން 11:00 އަށް ބޭއްވި އިންތިހާބުގައި 139 މެމްބަރުން ވޯޓުލި އިރު، މީޑިއާގެ އިތުރުން އަމިއްލަ ގޮތުން 22 މީހަކު ކުރިމަތިލި އެވެ.
މިއަދުގެ އިންތިހާބުގައި މީޑިއާ ކައުންސިލަށް އިންތިހާބު ކުރީ މީޑިއާތަކުން 8 ނޫސްވެރިއަކާއި އަމިއްލަ ގޮތުން ހަތް މީހަކާ އެކު، 15 މީހެކެވެ.
ވާދަވެރި މި އިންތިހާބަށް ނުކުތް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓާ އެކު އެންމެ ކުރި ހޯދީ "މިހާރު" ގެ ބިޒްނަސް ޑެސްކުގެ ހެޑް އަދި މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ފާތިމަތު ޝަނާ މުހައްމަދެވެ.
1. ފާތިމަތު ޝަނާ މުހައްމަދު (މިހާރު އޮންލައިން) 118 ވޯޓު
2. ނަޖާހް މަސްއޫދު (ވަގުތު އޮންލައިން) 117 ވޯޓު
3. ހަސަން ޝާކިރު މުހައްމަދު (އާފަތިސް އޮންލައިން) 93 ވޯޓު
4. ހަފްސީ އަބްދުﷲ (ހަފްސީ ޑޮޓްކޮމް) 75 ވޯޓު
5. ހުސައިން ހަސަން (ހަތާވީސް އޮންލައިން) 74 ވޯޓު
6. ހުސައިން ސަގީފް (ތިލަދުން އޮންލައިން) 74 ވޯޓު
7. ނަހުދާ ފާއިޒް (ދިޔަރެސް އޮންލައިން) 71 ވޯޓު
1. ފާތިމަތު ފަހުމީ: 80 ވޯޓު
2. އިބްރާހިމް ފައުޒީ: 76 ވޯޓު
3. އިބްރާހިމް މުހައްމަދު: 49 ވޯޓު
ޖުމްލަ 15 މެމްބަރުން ތިބޭ މީޑިއާ ކައުންސިލްގެ މިހާރުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ. މީޑިއާ ކައުންސިލްގެ ދައުރެއްގެ މުއްދަތަކީ ދެ އަހަރެވެ.