މުސާރަ ނުދޭތީ އިހުތިޖާޖުކުރި 55 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މުސާރަ ނުދޭ ކަމަށް ބުނެ މާލޭގައި މިއަދު އިހުތިޖާޖު ކުރަމުންދިޔަ 55 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މުސާރަ ނުދޭތީ އިހުތިޖާޖުކުރި 55 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މުސާރަ ނުދޭތީ އިހުތިޖާޖުކުރި 55 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލީއާގެއާ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައަކާ ގުޅިގެން އެތަނަށް ފުލުހުން ދިޔަ ކަމަށެވެ.

މުސާރަ ނުދޭތީ އިހުތިޖާޖުކުރި 55 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މުސާރަ ނުދޭތީ އިހުތިޖާޖުކުރި 55 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ފުލުހުން ބުނީ އެ މީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށެވެ.

އެ އެއްވުމުގައި ބައިވެރިވެފައި ވަނީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހުންނެއް ކަމެއް އަދި ނޭނގެ އެވެ.

ބިދޭސީން ރާއްޖެ ގެނައުމަށް ފަހު މަސައްކަތް ކުރުވައި، މުސާރަ ނުދޭ މައްސަލަތަކުގައި މީގެ ކުރިން ވެސް ބިދޭސީން މުޒާހަރާކޮށްފައިވެ އެވެ.