ނަޒީމް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް
ނަޒީމް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރެއްވި އިބްރާހިމް ނަޒީމް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ނަޒީމް އެމްއާރުޑީސީން ވަކިކޮށް، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވިއިރު، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވެސް އެ މަގާމުން ވަކިކޮށް މިއަދު ވަނީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފަ އެވެ. އަދި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ސިނާން އަލީ ވަނީ ސްޓެލްކޯގެ ޗެއާމަން ކަމަށް މިއަދު ވަނީ ހަމަޖައްސައިފަ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކަށް ކުއްލި ގޮތަކަށް ގެނައި ސަބަބެއް ސަރުކާރުން އަދި ނުބުނެ އެވެ.