ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި

ބޮލީވުޑްގެ އެކްޓްރެސް ޝޮބިތާ ދުލިޕާލާ އާއި ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ނާގަ ޗައިތަންޔާ ކައިވެނިކޮށްފި އެވެ.

ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި

އެ ދެ މީހުން ކައިވެނިކުރީ އިންޑިއާގެ ހައިދަރުއާބާދުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ހަފުލާއެއްގަ އެވެ. އެ ހަފުލާ ބޭއްވީ ތެލުގޫ ފިލްމު އުފައްދާ އެންމެ ގިނަ ދުވަސްވީ އެއް ސްޓޫޑިއޯ ކަމަށްވާ އަންނަޕުރްނަ ސްޓޫޑިއޯސްގަ އެވެ. އެއީ ނާގަގެ ބައްޕަ ފަރާތު ކާފަ އަކިނޭނީ ނަގޭސްވާރާ ރާއޯގެ ސްޓޫޑިއޯ އެވެ.

ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި

ނާގަ އަކީ އިންޑިއާގެ މަޝްހޫރު އެކްޓަރު ނާގާރްޖުނާގެ ދަރިފުޅެވެ. އަދި ބޮލީވުޑްގައި މިހާރު މަޝްހޫރު އެކްޓްރެސް ސަމަންތާ ރޫތު ޕްރަބޫގެ ކުރީގެ ފިރިމީހާ އެވެ.

ދެކުނު އިންޑިއާގެ ސަގާފަތާ އެއްގޮތަށް ބޭއްވި އެ ހަފުލާގައި ނާގަ އާއި ޝޮބިތާގެ އާއިލާގެ މީހުންނާއި ރައްޓެހިން ވެސް ބައިވެރިވި ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޝޮބިތާ އާއި ނާގަ އެންގޭޖުވީ މިދިޔަ އޮގަސްޓް މަހު އެވެ.

ނާގަ އާއި ޝޮބިތާގެ ގުޅުން ފެށުނީ ނަގާ އޭނާގެ ކުރީގެ އަންހެނުން ސަމަންތާ ވަރިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް 2021 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އޭރު އަޑު ފެތުރުނު ގޮތުގައި، ނާގަ އާއި ސަމަންތާ ވަކިވީ ވެސް ނަގާ އެހެން މީހަކާ ގުޅުން ބާއްވާކަން ފަޅާއެރުމުންނެވެ. ނާގަ އާއި ސަމަންތާ ވަރިވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.