ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ފެޝަން ޝޯއެއްގައި މޮޑެލްކޮށްފި
ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ފެޝަން ޝޯއެއްގައި މޮޑެލްކޮށްފި

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ މިޖްވާން ފެޝަން ޝޯގެ ކެޓްވޯކްގައި ހިތްގައިމު ޑިޒައިންތަކެއް ލައިގެން މޮޑެލްކޮށްފި އެވެ.

ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ފެޝަން ޝޯއެއްގައި މޮޑެލްކޮށްފި
ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ފެޝަން ޝޯއެއްގައި މޮޑެލްކޮށްފި

އެންޖީއޯއެއް ކަމަށްވާ މިޖްވާން ވެލްފެއާ ސޮސައިޓީން ކޮންމެ އަހަރަކު ބާއްވާ "މިޖްވާން ޗެރިޓީ ފެޝަން ޝޯ" ގައި މި ދެ ތަރިން ބައިވެރިވި އިރު މިއީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއްގައި ދިރިއުޅޭ އަންހެނުން ފަހާ ހެދުންތައް ދައްކާލާ ޝޯއެކެވެ. މި އެންޖީއޯއިން އެމީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ "ޗިކަންކާރީ" ކިޔާ ސަގާފީ އެމްބްރޮއިޑަރީ މަސައްކަތެއް ވެސް އާލާ ކުރެ އެވެ.

ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ފެޝަން ޝޯއެއްގައި މޮޑެލްކޮށްފި
ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާ ފެޝަން ޝޯއެއްގައި މޮޑެލްކޮށްފި

މިއަހަރުގެ ޝޯގެ ހެދުންތައް ޑިޒައިންކޮށްފައި ވަނީ މަޝްހޫރު ޑިޒައިނާ މަނީޝް މަލްހޯތްރާ އެވެ. މަނީޝް އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ޑިޒައިނަރެވެ. އެވޯޑް ހަފުލާތަކަށް ގިނަ ތަރިން ލައި އުޅެނީ މަނީޝްގެ ޑިޒައިންތަކެވެ.

މިފަހަރު މަނީޝްގެ ހެދުންތައް ވަރަށް ތަފާތެވެ. އައިވޮރީ، ޕީޗް، ނޫ އަދި މަޑު ފިޔާތޮށި ކުލައިގެ ސަގާފީ ހެދުންތައް ވަރަށް ޒަމާނީ ގޮތަކަށް ހުށަހަޅައި ދިނެވެ.

މިޒަމާނުގެ އެންމެ މަގުބޫލު ޓްރެންޑްތަކަށް ވިސްނައިގެން ފަރުމާކޮށްފައިވާ އޮފް ޝޯލްޑާ ޓޮޕް، އެމްބްރޮއިޑަރީ ކޮށްފައި ހުރި ލެހެނގާއާ އެކު ގުޅުވާލައިފަ ހުއްޓެވެ. މީގެ އިތުރުން، ފިރިހެނުންގެ ޝެރްވާނީ ވެސް ދައްކާލި އެވެ.

ޝޯ ނިންމާލުމުގެ ކުރިން، ޝާހްރުކް އަދި އަނުޝްކާ ރަންވޭގައި ހިނގާލި އެވެ. ޝާހްރުކް ލައިގެން ހުރީ ހުދު ޗިކަންކާރީ އެމްބްރޮއިޑަރީ ކޮށްފައި ހުރި ކަޅު ޝެރްވާނީ އެކެވެ. އަދި ޝާހްރުކްގެ އަމިއްލަ ސްޓައިލްގައި ވަރަށް ނަލަ ކޮށް ރަންވޭގައި އެ ޑިޒައިން ދައްކާލި އެވެ.

ބަތަކާ އަނުޝްކާ ލައިގެން ހުރީ އައިވޮރީ ކުލައިގެ ލެހެނގާއަކާއި މިނާ ޖަހާފައި ހުރި ޓޮޕެކެވެ. އަނުޝްކާގެ ރިހި ކުލައިގެ ޗިކަންކާރީ އެމްބްރޮއިޑަރީގެ ވިދުވަރު ގަދަ އެވެ. މި ހެދުމަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

މި ކުލަގަދަ ފެޝަން ޝޯ ބަލައިލަން ބޮލީވުޑްގެ އޭ ލިސްޓު ވަރަށް ގިނަ ބަތަލާއިން ދިޔަ އެވެ. އޭގެ ތެރޭގައި ސުޝްމިތާ ސެން، ސްރީ ދޭވީ، ކާޖޯލް، ނީޓޫ ކަޕޫރް އަދި ޑަޔާނާ ޕެންޓީ ހިމެނެ އެވެ.

މިޖްވާން ފެޝަން ޝޯ ބޮލީވުޑްގެ އެންމެ ކުލަގަދަ އަދި އެންމެ ބޮޑު ޗެރިޓީ ޝޯތަކުގެ ތެރޭގައި ހިމެނެ އެވެ.