02 ޑިސެމްބަރ 2024 - 14:04

ބީއެމްއެލްއިން އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާ ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕްގެ ދެވަނަ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.
މި ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ. މި ސްކޮލަޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިންނެވެ. އަދި އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލާނެ އެވެ. މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބޭނެ އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން ހަތް ކުޅުންތެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ. މިއީ ރާއްޖޭގައި އެންމެ މޮޅު އަދި ހުނަރުވެރި ކުޅުންތެރިން ތަމްރީނު ކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބީއެމްއެލްއިން ސިފަ ކުރެ އެވެ.