ކުންފުނިން ހިދުމަތްދޭ ތަންތަނާއި ކަރަންޓު ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ
ކުންފުނިން ހިދުމަތްދޭ ތަންތަނާއި ކަރަންޓު ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ

ސްޓެލްކޯ އިން މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފުކުރުމުގެ މަސައްކަތަށް އެ ކުންފުނިން ނުކުމެއްޖެ އެވެ.

ކުންފުނިން ހިދުމަތްދޭ ތަންތަނާއި ކަރަންޓު ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ
ކުންފުނިން ހިދުމަތްދޭ ތަންތަނާއި ކަރަންޓު ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ

އިއްޔެ ފެށި ސްޓެލްކޯގެ "'ޗާލު ވެށި - މަގޭ ޒިންމާ" ހަރަކާތް އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމެވެ.

ކުންފުނިން ހިދުމަތްދޭ ތަންތަނާއި ކަރަންޓު ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ
ކުންފުނިން ހިދުމަތްދޭ ތަންތަނާއި ކަރަންޓު ފޮށިތައް ސާފުކުރަން ސްޓެލްކޯއިން ނުކުމެއްޖެ

ސްޓެލްކޯއިން ބުނީ އެ މަސައްކަތުގެ ދަށުން އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި ސާފު ކުރާނެ ކަމަށެވެ.

އިއްޔެ އެ ހަރަކާތް ފެށީ ސްޓެލްކޯ ހެޑް އޮފީސް ކުރިމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި ހަރުކޮށްފައި ހުރި އިޝްތިހާރުތައް ނައްޓައިގެންނެވެ.

މާލޭގެ އިތުރުން ވިލިމާލެ، ހުޅުމާލެއާ އެކު ސްޓެލްކޯއިން 35 ރަށުގައި ހިދުމަތްދެ އެވެ. އެ ކުންފުނިން ބުނީ އަތޮޅުތަކުގެ ރަށްތަކުގެ ސަބްސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ވެސް ސާފުކޮށް ބަލަހައްޓާނެ ކަމަށެވެ.

އެކިއެކި އިންތިހާބުތަކުގެ ކެމްޕޭން ޕޯސްޓަރުތަކާއި އިޝްތިހާރުތަކުން ކަރަންޓު ބޯޑުތައް ހުންނަނީ ވަރަށް ހަޑިވެފަ އެވެ.