26 ނޮވެމްބަރ 2024 - 10:51

އުމުރުން 10 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 51 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް ނުދެ އެވެ. ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ހާމަވެދާނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ މަނާ ކަމަކަށް ވާތީ، މި ކަން ހިނގި ރަށެއް އަދި ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް އާންމު އުސޫލުގެ ދަށުން ފުލުހުން ހާމައެއް ނުކުރެ އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ މުދިމެކެވެ. އޭނާ ބެހުނު ކަމަށް ތުހުމަތުވަނީ އޭނާގެ ގާތަށް ގުރުއާން ކިޔަވަން ދާ ކުއްޖަކަށަށެވެ.