25 ނޮވެމްބަރ 2024 - 19:45

މާލޭގެ މާވެޔޮ މަގު ކައިރިން ގެއެއްގެ 10 ވަނަ ފްލޯގައި މިރޭ ވަރަށް ބޮޑަށް ރޯވެއްޖެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެެ.
އަލިފާން ރޯވީ މާވެޔޮ މަގުގައި ހުންނަ ފަތަހަ މޯލް ފިހާރަ ގޯޅިގަނޑު ތެރޭގައި ހުންނަ ނިޔަދުރުމާ ގޭގަ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގެ 10 ވަނަ ބުރީގައި ހުރި ގުދަނެއްގައި ކަމަށެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު، އަލިފާންގަނޑު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާއާ އެކު މުޅި ސަރަހައްދަށް އޮތީ ދުންތައް ވަރަށް ބޮޑަށް ފެތުރިފަ އެވެ.