އައިފޯނު 8 އަށް ޓައިޕް-ސީ ވާގަނޑެއް، އެކަމަކު ކަނެކްޓަރު ވާގަނޑުގެ އެއްކޮޅުގައި
އައިފޯނު 8 އަށް ޓައިޕް-ސީ ވާގަނޑެއް، އެކަމަކު ކަނެކްޓަރު ވާގަނޑުގެ އެއްކޮޅުގައި

އައިފޯނު 8 އާ ބެހޭ ގޮތުން މިހިރީ ހައްތާ ވެސް ދަންކަން ހުރި ވާހަކަ އެވެ. ދެން ނެރޭ އައިފޯނަކީ ކަންތައް ވެ ނިމޭއިރު، އައިފޯނު 8 އަށް ނުވެ ވެސް ދާނެ އެވެ. އެކަމަކު ވެސް މައްސަލައެއް ނެތެވެ.

އައިފޯނަށް 10 އަހަރު މި އަހަރު ފުރޭއިރު، އެޕަލް އިން ނެރޭ ފޯނުގައި ޔޫއެސްބީ-ޓައިޕް ސީ ޕޯޓެއް އިންނާނެ ކަމަށް ބުނާ ރިޕޯޓްތައް ގިނަވެފައި ވާއިރު، މި އޮތީ މަސްލަހަތު އެހެން ގޮތަކަށް ބަދަލުވެދާނެ ވާހަކަ އެވެ.

އައިފޯނަށް ޓައިޕް-ސީ ޕޯޓެއް ދިނުމުގެ ބަދަލުގައި މިހާރު ބަދަލުކުރަނީ ވާގަނޑެވެ. ވާގަނޑުގެ އެއްކޮޅުގައި، ފޯނަށް ޖަހާ ކޮޅުގައި ލައިޓްނިން ކަނެކްޓަރެވެ. އަނެއް ކޮޅުގައި ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓަރެވެ. މިއީ ތަންކޮޅެއް ބޯހަމަޖެހޭ ވާހަކައެކެވެ.

ފޮޓޯއިން އެ ފެންނަ ގޮތަށް ވާގަނޑު ބަދަލުކުރުމުގައި ފައިދާތަކެއް އެބަ ހުއްޓެވެ. އައިފޯނު 8 އަށް ފާސްޓް ޗާޖިން އަންނާނެ ކަމަށް ބުނާ މީހުން ދައްކާ ވާހަކަ ހަގީގަތަކަށް ވީ އެވެ. އަނެއް ފައިދާ އަކީ އެޑަޕްޓަރެއް ބޭނުންނުކޮށް އައިފޯނު އެޕަލްގެ މެކްބުކަށް ގުޅާލެވުމެވެ.

ފާސްޓް ޗާޖިން އަކީ މިހާރު އައިފޯނަށް ލަސްވެފައި ވާ ފީޗާއެކެވެ. އައިފޯނަށް "އެމޯލެޑް" ސްކްރީނެއް ވެސް ދޭން ވެއްޖެ އެވެ. ބުނެވޭ ގޮތުގައި އެޕަލުން މި އަހަރު ނެރޭ އައިފޯނާ އެކު ޒަމާން ބަދަލުވާނެ އެވެ.