ފަރެސްމާތޮޑާ ޓީމުގެ ބޮޑު ޕަސަންޓަކީ ޒުވާން ކުޅުންތެރިން، ކޯޗަކަށް ސަމްޕަތު
ފަރެސްމާތޮޑާ ޓީމުގެ ބޮޑު ޕަސަންޓަކީ ޒުވާން ކުޅުންތެރިން، ކޯޗަކަށް ސަމްޕަތު

ގޯލްޑް ކަޕްގައި ވާދަކުރާ ފަރެސްމާތޮޑާ ޓީމުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ހިމަނައި ކޯޗަކަށް، ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަޝްރަފު ލުތުފީ (ސަމްޕަތު) ހަމަޖައްސައިފި އެވެ.

ފަރެސްމާތޮޑާ ޓީމުގެ ބޮޑު ޕަސަންޓަކީ ޒުވާން ކުޅުންތެރިން، ކޯޗަކަށް ސަމްޕަތު
ފަރެސްމާތޮޑާ ޓީމުގެ ބޮޑު ޕަސަންޓަކީ ޒުވާން ކުޅުންތެރިން، ކޯޗަކަށް ސަމްޕަތު

އެ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ދ. މީދުއާ ދެކޮޅަށެވެ.

އަތޮޅުތަކަށް ހާއްސަކޮށް، އެފްއޭއެމުން ކުރިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ ފައިނަލަށް ފަރެސްމާތޮޑާ ދަތުރު ކުރި އެވެ. މިނިވަން ކަމަށް 50 އަހަރު ފުރުނު އަހާރާ، ދިމާވުމުން 2015 ގައި ކުޅުނު އެ މުބާރާތަށް ނަން ދިނީ މިނިވަން 50 ޗެމްޕިއަންޝިޕްގެ ނަމުންނެވެ.

އައްޑޫ ޒޯން ސްޓޭޑިއަމްގައި ފައިނަލު މެޗުން ފަރެސްމާތޮޑާ ބަލިވީ ސ. ފޭދޫ އަތުންނެވެ.

އޭރު އެ ޓީމުގައި ކުޅުނު ގިނަ ކުޅުންތެރިން، މިހާރު ފަރެސްމާތޮޑާ ޓީމުގައި ނެތެވެ. އެ ޓީމުން ސްކޮޑް އެކުލަވާލީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. އެ މުބާރާތުގައި ޒުވާން ކުޅުންތެރިންގެ ގޮތުގައި ތިބި ކުޅުންތެރިންނަކީ، ފަރެސްމާތޮޑާ ޓީމުގެ މިހާރުގެ ސީނިއާ ކުޅުންތެރިންނެވެ.

"ކޮންމެ ގޮތެއް ވިޔަސް އެ ކުޅުންތެރިންގެ ތަޖުރިބާ މިހާރު މިތިބަ ޒުވާން ކުޅުންތެރިންނަށް މުހިންމު ވާނެ،" ފަރެސްމާތޮޑާ ޓީމުގެ މެނޭޖަރު އިބްރާހިމް ސޮބާހް ބުންޏެވެ.

"މި ޓީމަކީ ކުރިމަގަށް ބިނާ ކުރާ ޓީމެއް. އަޅުގަނޑުމެންނަށް ބައިވެރި ވެވޭ މުބާރާތެއް އޮންނަ ކަމަށްވާނަމަ މިހާރު މިތިބަ ޒުވާން ކުޅުންތެރިންގެ ބޭނުން ކުރިއަށް ހުރި މުބާރާތްތަކުގައި ފެންނާނެ."

ޓީމުގެ ކޯޗަކަމާ ހަވާލުވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ ތަޖުރިބާކާރު ކޯޗު އަހްމަދު ނާޝިދު (ނާދު) އެވެ. އެކަމަކު ބޭރުގެ އެކަޑަމީ މުބާރާތަކަށް އޭނާ ދާން ހަމަޖައްސާފައި އޮތުމުން ނާދުގެ ބަދަލުގައި ކޯޗަކަށް ހަމަޖެއްސީ ނިއު ރޭޑިއަންޓްގެ ކުރީގެ އެސިސްޓެންޓް ކޯޗު ސަމްޕަތެވެ.

ސަމްޕަތުގެ ބެލުމުގެ ދަށުން ޓީމުގެ ފުރަތަމަ ޕްރެކްޓިސް ސެޝަން އިއްޔެ ކުރިއަށް ގެންދިޔަ އެވެ.

ފަރެސްމާތޮޑާ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ހިމަނައިފަ އެވެ.